ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ރަތްމަންދޫ، ދިވެހިރާއްޖެ. ނަމްބަރ: (IUL)362/362/2022/21
އިޢުލާން
މިދަންނަވާ ރުއްތަކަކީ އެކިއެކި މީސްމީހުންގެ ގޯތިގެދޮރަށް ދަތިވާގޮތަށް ހުރުމުގެ ސަބަބުން ކަނޑަން ޖެހިފައިވާ ރުއްގަހެވެ.
މިރުއްތައް ކެނޑުމުގައި މީސްމީހުންގެ ގެދޮރާއި، މުދަލަށް ގެއްލުންނުވާނޭ ގޮތަށް މަސައްކަތް ކުރެއްވުމަށް ދަންނަވަމަވެ. އަދި މިރުއްތައް ކަނޑާ، އުކާލަން ޖެހޭ ތަކެތި، ކުނި އުކުމަށް ހެދިފައިވާ އުޞޫލާ އެއްގޮތަށް އުކާލައި ބިންސާފުކުރަން ވާނެއެވެ. މިރުއްތައް ކަނޑަންވާނީ ހަމަބިމަށްވުރެ 6 އިންޗި އަޑިންނެވެ. ކަނޑާ ރުއްތަކުގެ ވަކަރު މިއިދާރާއިން އަންގާ ގޮތަށް ބުރިކޮށް މަގުގެ އެއްފަރާތުގައި ބަހައްޓައިދޭންވާނެއެވެ.
ކަނޑަން ޖެހޭ ރުއްތަކުގެ ތަފްޞީލް
ނަންބަރު |
ތަފްޞީލް |
ރުއް ހުރި ތަން |
1 |
ފޯދުނު ރަނގަޅު |
ހިތަށްފިނިވާގޭ ގޯތީގެ ހުޅަނގުން ވަށާހިނގާ މަގުގައި |
2 |
ފޯދުނު ދެރަ |
ހަނދުވަރުގޭ ގޯތީގެ ހުޅަނގުން އަތިރިމަތީގައި |
8 |
ފޯދުނު ދެރަ |
ޖަވާހިރުވާދީ / ޢާއިޝަތު ޝިފާއަށް ދޫކޮށްފާވައިވާ ގޯތީގެ އިރުދެކުނު ކަންކައިރީ މަގުމަތީގައި |
30 |
ފޯދުނު ދެރަ |
އަމަން ގޯތީގެ އިރުން |
31 |
ފޯދުނު ދެރަ |
އަމަން ގޯތީގެ އިރުން |
95 |
ފޯދުނު އާދައިގެ |
ހިތަށްފިނިވާގޭ ގޯއްޗާ ވޮލީކޯޓާ ދޭތެރޭގައި |
މިބީލަން ހުޅުވާލެވިފައިވަނީ ނަންބަރު: 18/2014 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު" ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ނަންބަރު: 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު " ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޯގަސްޓް 2022 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޯގަސްޓް 2022 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާ އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ސިޓީއާއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއި ބަދަލުގައި އަންނަފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
19 މުޙައްރަމް 1444
17 އޯގަސްޓް 2022