މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ގދ.ތިނަދޫ ގައި، މި ކުންފުނީގެ ގޭސް ފިލިންގް ޕްލާންޓްގެ އިމާރާތުގެ ސްލެބް ކޮންކްރީޓް މަސަށްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                                     އިޢުލާން

ގދ.ތިނަދޫ ގައި، މި ކުންފުނީގެ ގޭސް ފިލިންގް  ޕްލާންޓްގެ އިމާރާތުގެ ސްލެބް ކޮންކްރީޓް މަސަށްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

 22 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ 12:00 އަށް   (މަޢުލޫމާތު ސާފުކުރުން ބާއްވަން ހަމަޖެހިފައިވަެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ)

އަންދާސީ ހިސާބު ހުށަހެޅުމަށް

 28 އޯގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 10:00 އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ)

 

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބީލަންތަށް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
  • މި އިޢުލާނާއިއެކު ޓާރމްސް އޮފް ރެފަރެންސް އެޓޭޗްކޮށްފައިވާނެއެވެ.

17 އޯގަސްޓް 2022،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

17 އޮގަސްޓް 2022
ހޯދާ