އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މެނޭޖަރ

މަޤާމް :މެނޭޖަރ
ބޭނުންވާ އަދަދު :1
 

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް  

ޑިޕާޓްމަންޓް

ޓެކްނިކަލް ސާރވިސަސް އެންޑް ރިސާރޗް ޑިޕާޓްމަންޓް 

އަސާސީ މުސާރަ

-/11500ރ (އެގާރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް  (ފިކްސްޑް): -/3,300ރ.

ސަރވިސް އެލަވަންސް ދުވާލަކަށް 153/33ރ (ސަތޭކަ ފަންސާސް ތިންރުފިޔާ ތިރީސް ތިންލާރި)

ލިވިންގ އެލަވަންސް

-/3000ރ (ތިން ހާސް) ރުފިޔާ

އޮޑިޓް އެލަވަންސް

-/2000ރ (ދެ ހާސް) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާނަމަ -/2000ރ (ދެހާސް) ރުފިޔާ

ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000ރ (އެއް ހާސް) ރުފިޔާ

އަސާސީ ޝަރުތު

  1. މަގާމުގެ މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު ޕަބްލިކް ފައިނޭންސް، އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަގާމުގެ މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު ޕަބްލިކް ފައިނޭންސް، އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.

  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން. 

  3. ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.

  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

 ދައުލަތުގެ މާލިއްޔަތު
  1. ދައުލަތުގެ ޚަރަދާއި އާމްދަނީ ކޮންމެ ތިންމަހުން އެއް މަހު މުރާޖައާކޮށް، ދައުލަތުގެ ޚަރަދާއި އާމްދަނީއަށް އަންނަ ބަދަލުތައް އެކުލެވޭ ރިޕޯޓެއް ތައްޔާރުކުރުން
  2. ދައުލަތުގައި ބަޖެޓުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި ދައުލަތުން ކުރާ ޚަރަދުގެ ފަރަގު ވަޒަންކޮށް އެ އާ ގުޅޭގޮތުން ރިޕޯޓުތައްޔާރުކޮށް ހުށަހެޅުން
  3. ދައުލަތުގެ އާމްދަނީގެ ލަނޑުދަނޑިތައް މުރާޖައާކޮށް އެ ލަނޑުދަނޑިތަކަށް ވާސިލްވެވޭ މިންވަރު ވަޒަންކޮށް އެއާ ގުޅޭގޮތުން ރިޕޯޓުތައްޔާރުކޮށް ހުށަހެޅުން
  4. ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރާ އަޅާ ބަލާއިރު ދައުލަތުގެ ދަރަނި އިތުރުވާ މިންވަރާއި ދައުލަތުގެ މުޅި ޖުމްލަ ޚަރަދުގެ ނިސްބަތުން ދައުލަތުގެ ދަރަނި އަދާކުރުމަށް ޚަރަދުކުރާ އިން ސައްތަ  ވަޒަންކުރުން
  5. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓްތައް މުރާޖައާކުރުމާއި ދިރާސާކުރުން
  6. ސަރުކާރުން ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި އެ މަޝްރޫޢުތައް ހިންގުމަށް ފައިސާ ހޯދާ ގޮތްތަކާ ބެހޭ މައުލޫމާތު މުރާޖައާކުރުމާއި ދިރާސާކުރުން
  7. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ފައިސާގެ އެހީ ހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރުން

އޮޑިޓްކުރުމުގެ ދާއިރާ

  1. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފައިނޭންޝަލް އޮޑިޓާއި، ޕާފޯމަންސް އޮޑިޓާއި ކޮމްޕްލަޔަންސް އޮޑިޓު "މެތެޑޮލޮޖީ" މުރާޖައާކޮށް އަދާހަމަކުރުމަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުން
  2. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޓެކްނިކަލް ވާރކިން ގުރޫޕްތަކާއި ކޮމިޓީތަކަށް ބޭނުންވާ ލަފަޔާއި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން
  3. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ ފައިނޭންޝަލް އޮޑިޓާއި، ޕާފޯމަންސް އޮޑިޓާއި، ކޮމްޕްލަޔަންސް އޮޑިޓްގެ "ކޮލިޓީ އެޝޫރެންސް ރިވިއު"ތައް ކުރުން.
  4. ދައުލަތުގެ ކުންފުނިތައް އޮޑިޓުކުރުމާއި ޖަވާބުދާރީކުރުވުމުގެ ގަވާއިދުގެ ދަށުން، ދައުލަތުގެ ކުންފުނިތަކުގެ ފައިނޭންޝަލް ސްޓޭޓަމަންޓް އޮޑިޓްތަކުގެ ފެންވަރު މުރާޖައާކުރުމަށް އެހީތެރިވެދިނުން.
  5. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިސްތިރާޖީ ޕްލޭންތަކާއި އަހަރީ މަސައްކަތު ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތް ވިލަރެސްކޮށް އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވުން
  6. އަހަރީ މަސައްކަތު ޕްލޭންތައް ތަންފީޒުކުރުމުގެ ކަންކަން ހިނގާނުހިނގާ ގޮތް ބަލައި، އެ ކަންކަން ދިރާސާކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން
  7. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ އޮޑިޓްތަކުގެ މަސައްކަތާ ގުޅޭގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރިކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް (އައި.އެފް.އާރް.އެސް)

  1. ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތައް ދިރާސާކޮށް، އެ ކުންފުނިތަކުގެ މާލީ ހާލަތާއި މާލީ ގޮތުން ހާސިލްކުރާ ނަތީޖާ ވަޒަންކުރުން
  2. ދައުލަތުގެ ކުންފުނިތަކާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްތަކުގައި ބުނާ ގޮތަށް މާލީ ބަޔާންތައް ތައްޔާރުކުރުމުގެ ޤާބިލްކަމާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރު ވަޒަންކުރުން
  3. އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްތަކަށް އަންނަ ބަދަލާއި، އަލަށް ނެރޭ އިންޓަރނޭޝަލަން ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑްތަކާ ބެހޭ ގޮތުން ދިރާސާކުރުމާއި، ފަންނީ ލަފާ ދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

  6. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

24 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348275 ނަންބަރު ފޯނަށެވެ.

17 އޮގަސްޓް 2022
ހޯދާ