މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ ސައުތު ވެސްޓް ހާބަރ ސަރަހައްދުގައި ހުރި ގޭސް ފުޅި ތައް ނީލަން ކިޔުމާއި ގުޅޭ.
މާލޭ ސައުތު ވެސްޓް ހާބަރ/ ޓީ-ޖެޓީ ސަރަހައްދު ތެރޭގައި ޙަވާލުވާނެ ފަރާތެއް ނޭގި ގިނަ ދުވަސްތަކެއް ވެފައިވާ ގޭސް ފުޅި ތަކެއް ހުރުމާއިއެކު، މި ތަކެތި ނީލަމުގައި ވިއްކާލަން 2022 އޮގަސްޓް 10 ގައި ކުރެވުނު އިއުލާން ނަމްބަރ (IUL)113-MSWH/1/2022/90 އާއި ގުޅިގެން އެއްވެސް ފަރާތެއް ހާޒިރުވެފައިނުވެއެވެ. އެހެންކަމުން 2 ވަނަ ފަހަރަށް މިތަކެތި ނީލަން ކިޔުމަށް ހުޅުވާލަމެވެ.
- ނީލަން ފެށޭ އަގަކީ ގޭސް ފުޅިއަކަށް -/800 (އަށް ސަތޭކަ ރުފިޔާ) އަށެވެ.
- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮގަސްޓް 23 ވާ އަންގާރަ ދުވަހުގެ 14:00 އަށް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން) މާލެ ސައުތުވެސްޓް ހާބަރަށް ވަޑައިގެންނެވެން އެދެމެވެ.
- ނީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން މާލެ ސައުތުވެސްޓް ހާބަރގެ ފައިނެންސް ޑިޕާޓްމަންޓަށް ވަގުތުން ފައިސާ ދައްކަވަންވާނެވެ.
- ނީލަމާއި ބެހޭގޮތުން އިތުރު މައުލޫމާތް ބޭނުންފުޅުވާނަމަ މާލެ ސައުތުވެސްޓް ހާބަރގެ: 3039644 ، 9798148 މިނަމްބަރތަކަށް ގުޅުއްވުމުން މައުލޫމާތު ލިބޭނެވެ.
16 އޮގަސްޓް 2022
ހޯދާ