ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/079/10/2014 |
އައިޓީއާ ގުޅޭ ތަކެތި ވިއްކާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު:
މިކޯޕަރޭޝަންގެ އައިޓީއަށް ބޭނުންވާ ބައެއް ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/106 ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ދީފައިވާ 3 ލޮޓްގެ ތެރެއިން ލޮޓް C ގައިވާ 3 ޕްރިންޓަރަށް ހުށަހެޅުނު އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުގެ ސަބަބުން، އެލޮޓްގައިވާ ތަކެތި ގަތުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އޮކްޓޫބަރު 2014 އަންގާރަ ދުވަހުގެ 1:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 އޮކްޓޫބަރު 2014 ހޯމަ ދުވަހުގެ 1:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ.
20 ޛުލްޙިއްޖާ 1435