ދިވެހިރާއްޖެ
އިޢުލާން |
||
ނަންބަރު: IUL)475-Schol/475/2022/125) |
ތާރީޚް: 16 އޮގަސްޓު 2022 |
|
މެންޓަލް ހެލްތް އެންޑް ލާރނިންގ ޑިސެބިލިޓީސް ދާއިރާގެ ސްކޮލަރޝިޕް 2021 (3 ވަނަ ފަހަރަށް އިޢުލާނުކުރުން) |
||
މެންޓަލް ހެލްތާއި ލާރނިންގ ޑިސެބިލިޓީސް ދާއިރާއިން މީހުން ބިނާކުރުމަށް ހުޅުވާލި 46 ސްކޮލަރޝިޕްގެ ތެރެއިން ހުސްކޮށް އޮތް 1 ސްކޮލަރޝިޕްގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލަމެވެ. މި ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް(ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ޚަރަދު) ހަމަޖައްސާނީ ސަރުކާރުގެ ފަރާތުންނެވެ. މާސްޓަރސް އިން އެޑިކްޝަން ސްޓަޑީޒް / އެޑިކްޝަން މެނޭޖްމަންޓް ދާއިރާއިން ހުޅުވާލާފައިވާ ޖާގައަށް ހޮވޭ ދަރިވަރުގެ ޔުނިވަރސިޓީ ޕްލޭސްމަންޓް ހަމަޖައްސައިދޭނީ މި މިނިސްޓްރީގެ ފަރާތުންނެވެ. މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ އެޕްލިކަންޓް ނޭޝަނަލް ޑްރަގް އެޖެންސީއަށް، ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.
|
||
ކޯހުގެ ދާއިރާ |
ސްކޮލަރޝިޕްގެ ޢަދަދު |
|
މާސްޓަރސް އިން އެޑިކްޝަން ސްޓަޑީޒް / އެޑިކްޝަން މެނޭޖްމަންޓް ދާއިރާއިން
|
01 |
|
މި ސްކޮލަރޝިޕަށް ހޮވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިންނެވެ: 1.ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވުމާއެކު، ކޯސް ފުރިހަމަ ކުރެއްވުމަށް އެދޭ ޔުނިވަރސިޓީން ކަނޑައަޅާފައިވާ ކްރައިޓީރިއާ ހަމަވުން. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން މާސްޓަރސް ޑިގްރީއަށް އެމް.އެން.ކިޔު.އެފް ގައި ކަނޑައަޅާފައިވާ ކްރައިޓީރިއާ ހަމަވުން. 2.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤާވާއިދުން ދައްކަވަމުންގެންދަވާ ފަރާތެއް ކަމުގައިވުން. 3.އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. 4.އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންގެންދަވާ ކެންޑިޑޭޓެއްކަމުގައި ނުވުން. |
ކޯހުގެޝަރުތު: |
|
އެޕްލިކޭޝަނާއެކު ތިރީގައި މި ދަންނަވާ ތަކެތި ހުށަހަޅުއްވަންވާނެއެވެ: 1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. 3.ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (2 ފުށް ފެންނަގޮތަށް) 4.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެ ކެންޑިޑޭޓަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 5.ކުރިން ލޯނު ނަންގަވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކަވާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ، ކުރިން ނަންގަވާފައިވާ ލޯނު ދައްކަވަމުން ގެންދަވާނެކަން ބަޔާންކުރާ ކެންޑިޑޭޓުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ލޯނު ދެއްކުމާ ޙަވާލުވާނަމަ، އެ ޙަވާލުވާ ފަރާތުގެ ލިޔުން.
|
ހުށަހަޅުއްވަންޖެހޭ ތަކެތި
|
|
- މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 2022 ގައެވެ. - މި އިޢުލާނާގުޅިގެން އެޕްލިކޭޝަން ހުށަހަޅުއްވާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ. - އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕްގެ ފުރުޞަތަކަށް ނުހޮވޭނެއެވެ. - މި ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް ކެންޑިޑޭޓުން ހޮވާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. - މި ސްކޮލަރޝިޕްގެ ފުރުޞަތެއްގައި ކިޔެވުމަށް ހުށަހަޅުއްވާ ކޯހުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ. - ހުށަހަޅުއްވާ މަތީތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައެވެ. - ކުރިން ތަޢުލީމު ޙާޞިލުކުރެއްވި ތަނުން ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް، ސެޓްފިކެޓެއްގެ ބަދަލުގައި ހުށަހަޅުއްވާނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ. - އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ. - އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ޓްރާންސްކްރިޕްޓެއްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، ކިޔެވިތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ. - އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ. - މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނުގެ ޑިފޯލްޓެއް ނެތި ގަވާއިދުން އަނބުރާ ދައްކަވަމުންގެންދާ ފަރާތަކަށްވާންވާނެއެވެ. އަދި އެ ލޯނަކީ، މި ސްކޮލަރޝިޕުގައި ކިޔަވާ ކޯހުގެ ފެންވަރަށްވުރެން ދަށް ފެންވަރެއްގެ ސަނަދަކަށް ކިޔެވުމަށް ނެންގެވި ލޯނެއްކަމުގައިވާންވާނެއެވެ. - މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނު ދިނުމަށް ހޮވިފައިވާ ފަރާތެއް މި ސްކޮލަރޝިޕަށް ހޮވޭނީ، އެލޯނުގެ އެގްރީމަންޓްގައި އެ ފަރާތުން ސޮއިކުރައްވާފައިނުވާނަމައެވެ. - މި ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް ހޮވޭ ކެންޑިޑޭޓުން ހޮވޭކަން އަންގާ ތާރީޚުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފަށަން ވާނެއެވެ. އެ މުއްދަތުގައި ކިޔެވުން ނުފަށައިފިނަމަ ސްކޮލަރޝިޕް ކެންސަލް ކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޕްލޭސްމަންޓް ހޯދަން އެކަށީގެންވާ މަސައްކަތެއް ކުރައްވާފައި ނުވާނަމަ ސްކޮލަރޝިޕް އަމިއްލައަށް ދޫކޮށްލެއްވީކަމަށް ބެލެވޭނެއެވެ. - ކޯސް ފުރިހަމަނުކުރައްވައިފިނަމަ ނުވަތަ ބޮންޑު ފުރިހަމަ ނުކުރައްވައިފިނަމަ، ކޯހަށް ކޮށްފައިވާ ޚަރަދު މި މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތީން އަނބުރާ ދައްކަވަންވާނެވެ. - ކޯހަށް ހޮވިއްޖެކަން މި މިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައްވައިފިނަމަ، "މަތީތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. މި އުސޫލު މި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން އޮންނާނެއެވެ. - މި ސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދަންނަވައިފިނަމަ އަވަހަށް ފޮނުއްވެވޭނެގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ. - ސްކޮލަރޝިޕަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 12 (ބާރަ) މަސްދުވަސް ވަންދެން، މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ. - ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިންގ ކްރައިޓީރިއާއި، ނޭޝަނަލް ޓްރެއިނިންގ ނީޑްސް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުގައިވާ "ރިސޯސަސް" ޓެބުން ލިބެން ހުންނާނެއެވެ. |
އިތުރު މަޢުލޫމާތު: |
|
ސުންގަޑި: 22 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން |
||
އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026950 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |
||