ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އައި.ޓީ ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އައި.ޓީ ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ކޮންސަލްޓެންޓެއްހޯދުން 

ނަންބަރު: TENDER/HMH/2022/017-R1

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އައި.ޓީ ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ކޮންސަލްޓެންޓެއް/ ކޮންސަލްޓެންސީ ފާރމްއެއް ހޯދަން ކުރި އިޢުލާން ނަންބަރު TENDER/HMH/2022/017-R1 އަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

24 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 21 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 10:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350113

އީ-މެއިލް: [email protected]

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

16 އޮގަސްޓް 2022
ހޯދާ