މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީގެ މާލެ ސައިޓުގައި ހުރި ބޭނުންކުރެވި ހަލާކުވެފައިވާ ފެން މީޓަރު އަދި އެހެނިހެން ތަކެތި ވިއްކުމަށް

އެމް.ޑަބްލިޔު.އެސް.ސީގެ މާލެ ސައިޓުގައި ހުރި ބޭނުންކުރެވި ހަލާކުވެފައިވާ ފެން މީޓަރު އަދި އެހެނިހެން ތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 21 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވޭނީ، މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑައެޅިފައިވާ ސުންގަޑި އަށް ވަޑައިގެން ނަން ނޯޓު ކުރައްވާފައިވާ ފަރާތްތަކަށެވެ.

މިކަމާބެހޭ އިތުރު މަޢުލޫމަތު ހޯއްދެވުމަށް، 3323209 / 7960022 ނަންބަރުން، ސޭލްސް ހޮޓްލައިން އަށް ގުޅުއްވުން އެދެމެވެ.

ސޭލްސް ޑިޕާޓްމަންޓް

16 އޮގަސްޓް 2022
ހޯދާ