ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލުގައި ކުރަންހުރި މަރާމާތުތަކާއި މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުން

                                               އިޢުލާނު ނަންބަރު: (IUL)391-FI/391/2022/36

އިޢުލާނު

ޕްރީސްކޫލުގައި ކުރަންހުރި މަރާމާތުތަކާއި މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުން

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ ތިމަރަފުށީ ޕްރީސްކޫލުގައި ކުރަންހުރި މަރާމާތުތަކާއި މަސައްކަތްތައް ކުރުމަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ނަންބަރު 13/2021 އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. ވީމާ މިއިއުލާނާއެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާ ގޮތުގެ މަތިން މިމަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން

މިބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލުވުން އޮންނާނީ 21 އޮގަސްޓު 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ އީމެއިލް ކުރައްވާނީ 22 އޯގަސްޓު 2022 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މިއިދާރާގެ އީމެއިލް އެޑްރެސް ([email protected]) އަށެވެ.  މިއީމެއިލްއަށް ފޮނުވޭ ސުވާލުތަކަށް 23 އޯގަސްޓު 2022 ވާ ބުދަ ދުވަހުގެ 14:00 ކުރިން އީމެއިލްގެ ޒަރީޢާއިން ޖަވާބުދެވޭނެއެވެ. އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "ޕްރީސްކޫލާއި ގުޅުންހުރި މަރާމާތު/މަސައްކަތް އަދި ތަކެތިގަތުން" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.

ބީލަން ބަލައިގަތުން އަދި ހުޅުވުން

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 31 އޯގަސްޓު 2022 ވާ ބުދަ ދުވަހުގެ 12:55 އެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުޅުވުން އޮންނާނީ 31 އޯގަސްޓު 2022 ވާ ބުދަ ދުވަހުގެ 13:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780702 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15 އޮގަސްޓު 2022                                                           

15 އޮގަސްޓް 2022
ހޯދާ