މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައްކާ، ކާންދޭނެ ފަރާތެއް ހޯދުން

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތު، މިއަތޮޅުގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މިއަތޮޅުގެ ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުޅަދޫގައި ބާއްވާ މުރަކަ އާލާ ކުރަން ދަސްކޮށްދޭ ޕްރޮގްރާމްގެ ބައިވެރިންނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2022/48  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، ކައްކާ ކާންދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.         

 ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 17 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ޝީޓް މިއިދާރާގެ ކައުންޓަރުން އަދި އީމެއިލް ([email protected]) މެދުވެރިކޮށްވެސް ލިބެން ހުންނާނެ ވާހަކަ ދެނެންވީމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންފުޅުވެލައްވާ ނަމަ 9997828 އަށް ގުޅުއްވުން އެދެމެވެ.

15 އޮގަސްޓް 2022
ހޯދާ