ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސް.ޓީ.އޯ ބ. އޭދަފުށި ފިހާރައަށް ގެންދެވޭ މުދާ، ބޯޓުތަކުން ބާލައިގެން، އެސްޓީއޯ ބ. އޭދަފުށި ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސް.ޓީ.އޯ ބ. އޭދަފުށި ފިހާރައަށް ގެންދެވޭ މުދާ، ބޯޓުތަކުން ބާލައިގެން، އެސްޓީއޯ ބ. އޭދަފުށި ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (60/PRO/2021/312) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.  

މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ.

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2022 އޯގަސްޓް 22، ވަނަ ދުވަހު 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް،  [email protected] އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުވައި ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

  • މި މަސައްކަތުގެ އިޢުލާން ނަންބަރު:
  • ކުންފުނި/ ވިޔަފާރީގެ ނަން:
  • ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:
  • އީމެއިލް އެޑްރެސް:

ނޯޓް: ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2022 އޯގަސްޓް 22، ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2022 އޯގަސްޓް 23 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ބ. އޭދަފުށި ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2022 އޯގަސްޓް 24، ވަނަ ދުވަހުގެ 1100 ގެ ކުރިން [email protected] އީމެއިލް އަށް ފޮނުވަންވާނެއެވެ. އަދި 2022 އޯގަސްޓް 25، ވަނަ  ދުވަސް ނިމުމުގެ ކުރިން އީމެއިލުން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަން ހުށައެޅުން:  ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2022 އޯގަސްޓް 30، ވަނަ ދުވަހު 1100 އެވެ. ބީލަން ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް އެސްޓީއޯގެ [email protected] އީމެއިލް އަށެވެ. ބީލަން ހުށައެޅުމުގެ ސުންގަޑީގެ ފަހުން ލިބިފައިވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު:    3344262

އީމެއިލް:[email protected]

                                                                      

 

15 އޮގަސްޓް 2022
ހޯދާ