ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުން

 (IUL)374-A/374/2022/29 :ނަމްބަރ

 

 

މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

 

އިޢުލާނު

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-337099

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ / ފ. ނިލަންދޫ

މުސާރަ:

މަހަކު 5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.
  4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700/- ރުފިޔާ ލިބޭނެއެވެ. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން އެއްވެސް ޕްރޮޖެކްޓެއް ހިންގަން ކަނޑައަޅައިފިނަމަ ޕްރޮޖެކްޓްގެ ކުޑަބޮޑުމިނަށް ބަލައި ލަސްވެގެން ރަސްމީ 05 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް އެ ޕްރޮޖެކްޓަކަށް ޚަރަދުވާނެ މިންވަރުގެ އަންދާޒާއެއް ހެދުމަށްފަހު މަޢްލޫމާތު ކަރުދާސް ތައްޔާރުކޮށް އިޢުލާނު ކުރަންޖެހޭ ޕްރޮޖެކްޓެއްނަމަ އިޢުލާނުކުރުން. އަދި އިޢުލާނު ނުކޮށް ކުރިއަށްގެންދަންޖެހޭ ޕްރޮޖެކްޓެއްނަމަ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކޯޓޭޝަން ހޯދައިގެން އެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންދިޔުން.

 

  1. ކައުންސިލާ ގުޅިގެން ސަރުކާރުން ހިންގާ އެކިއެކި ޕްރޮޖެކްތަކުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި އިޞްލާޙުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަމެއް، ކަމާބެހޭ ފަރާތުގެ ސަމާލުކަމަށް ގެނައުމާއި ޕްރޮޖެކްޓްގެ މަސައްކަތް ހިގަމުން އަންނަ މިންވަރު ބަލައި މަހަކު 01 ފަހަރު ރިޕޯޓް ފޮނުވައި ލިބުނުކަން ކަށަވަރުކުރުން.

 

  1. އެކި ފަރާތްތަކުގެ އެހީ ހޯދައިގެން ޕްރޮޖެކްޓެއް ހިންގުމަށް ކައުންސިލުން ކަނޑައަޅައިފިނަމަ ލަސްވެގެން ރަސްމީ 30 ދުވަހުގެތެރޭގައި ޕްރޮޕޯޒަލް ތައްޔާރުކޮށް، ކަމާގުޅޭ ފަރާތްތަކަށް ފޮނުވައި އެކަންކަމަށް ފަންޑު ހޯދުމަށް މަސައްކަތް ކުރުން.
  2. ޤަވާޢިދު ނަންބަރު: 2014/R-115 (ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާގޮތުގެ މަތިން ބަނދަރާއި ފެރީޓާމިނަލްގެ ކަންތައްތައް ބެލެހެއްޓުން. އަދި ކައުންސިލުން ނިންމާގޮތެއްގެ މަތީން ބަނދަރާއި ފެރީޓާމިނަލް މަރާމާތުކޮށް ބެލެހެއްޓުން.

 

  1. ރަށުގެ ގިރާ ސަރަޙައްދުތައް ކޮންމެ 06 މަހަކުން 01 ފަހަރު ބަލައި އެ ސަރަޙައްދުތައް ގިރަމުންދާ މިންވަރު އެގޭނެ އަންދާޒާއެއް ތައްޔާރުކޮށް ސްޕަވައިޒަރާ ޙިއްޞާކުރުން. އަދި އުދައަރާ މޫސުމުގައި އުދައަރާ ސަރަޙައްދުތަކާއި އުދައިގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މަޢްލޫމާތު ސްޕަވައިޒަރާ ޙިއްޞާކޮށް ކައުންސިލުން ނިންމާގޮތެއްގެ މަތީން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

  1. ރަށުގެ އެއްގަމު ތޮށްޓާއި ކަނޑު ތޮށްޓަށް ލިބެމުންދާ ގެއްލުންތައް ބަލައި ކޮންމެ 04 މަހުން 01 ފަހަރު އެ މަޢުލޫމާތުތައް ސްޕަވައިޒަރަށް ހުށަހަޅައި، ކައުންސިލުން ނިންމާ ގޮތެއްގެމަތީން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

  1. ތިރީގައި ދަންނަވާފައިވާ ގޮތުގެމަތީން މިސްކިތްތައް ބެލެހެއްޓުން.
  2. މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކޮންމެ 06 މަހުން 01 ފަހަރު ބެލުމާއި، އެ މަޢުލޫމާތު ސްޕަވައިޒަރާ ޙިއްސާކުރުން.
  3. ކޮންމެހެން ކުރަންޖެހޭ މަރާމާތެއްނަމަ (ބަންގި ސިސްޓަމަށް ދިމާވާ މައްސަލަތައް ފަދަ) ވަގުތުން އެކަމެއް ޙައްލުކުރުމަށްޓަކައި މަސައްކަތްކުރުން.
  4. މިސްކިތު މަސައްކަތު މުވައްޒަފުން މަސައްކަތްކުރަމުން އަންނަގޮތް ބަލައި މިސްކިތް ސާފުކުރުމަށް ބޭނުންވާ ތަކެތި ކޮންމެ މަހަކު 02 ފަހަރު ސްޓޮކުން ހޯދައި ޙަވާލުކުރުން.
  5. މިސްކިތުގެ މުވައްޒަފުންގެ އިތުރުގަޑީގެ ފޯމުތައް ފުރައި އިދާރީ ސެކުޝަނާ ހަވާލުކުރުން.

 

  1. މަސްމާރުކޭޓް ކުއްޔަށްހިފާފައިވާ ފަރާތުން ޢަމަލުކުރަމުންދަނީ ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށްތޯ ކަށަވަރުކުރުމުގެ ގޮތުން ކޮންމެ 06 މަހުން 01 ފަހަރު ބަލައި، އެއްބަސްވުމާ ޚިލާފުވާނަމަ އެކަން ސްޕަވައިޒަރުގެ ސަމާލުކަމަށް ގެނައުމާއި އިސްލާޙްކުރަންޖެހޭ ކަންކަން އިސްލާޙްކުރުމަށް އެންގުން.

 

  1. ތިރީގައިވާގޮތުގެ މަތީން ޤަބުރުސްތާނު ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  2. ޤަބުރުސްތާނުގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތަކުގެ މަޢުލޫމާތު ކޮންމެ އަހަރަކު 01 ފަހަރު ސްޕަވައިޒަރާ ޙިއްސާކުރުން.
  3. ޤަބުރުސްތާނުގައި މީހުން ވަޅުލާނެގޮތުގެ ޗާޓެއް ކުރަހައި އެ ޗާޓާ އެއްގޮތަށް މީހުން ވަޅުލުމުގެ ކަންތައްތައް ގެންދިޔުމާއި، ވަޅުލާމީހުންގެ ދަފުތަރެއް ލިޔެ ބެލެހެއްޓުން.
  4. އަހަރަކު 1 ފަހަރު ޤަބުރުސްތާނު ސާފުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުން.
  5. ރަށުކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައި ހުރި މެޝިނަރީއާއި ފަރުނީޗަރތަކުގެ ތެރެއިން މަރާމާތު ކުރަންޖެހޭ މެޝިނަރީއާއި ފަރުނީޗަރު މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

  1. ފިހާރަތަކާއި، ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ގެސްޓްހައުސްތަކާއި، ޢާންމު މާރުކޭޓްތައް ހިންގަމުންދަނީ ޤަވާޢިދާ އެއްގޮތަށްތޯ އަހަރަކު 01 ފަހަރު ބަލައި ޤަވާޢިދާ ޚިލާފުވާނަމަ، އިޞްލާޙީ ފިޔަވަޅު އެޅުން. އަދި ވިޔަފާރިއެއް ރަޖިސްޓްރީކުރުމަށް، ބާޠިލްކުރުމަށް ނުވަތަ މަޢުލޫމާތު ބަދަލުކުރުމަށް ކައުންސިލަށް ހުށަހަޅާ ފޯމްތައް ލަސްވެގެން ރަސްމީ 03 ދުވަހުގެ ތެރޭގައި ކަމާގުޅޭ މިނިސްޓްރީއަށް ފޮނުވުމާއި ޖަވާބުހޯދުމަށް މަސައްކަތްކުރުން.

 

  1. ޤަވާޢިދު ނަންބަރު:2014/R-93  (ރަށުގައި ޖަނަވާރު އަދި ދޫނިސޫފާ ސޫފި ގެންގުޅުމާބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާ ގޮތުގެމަތިން ރަށުގައި ޖަނަވާރު ނުވަތަ ދޫނި ސޫފާ ސޫފި ގެންގުޅުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ހުއްދަ ދޫކުރުމާއި، ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު އުޞޫލުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުމަށް ކުރަންޖެހޭ މަސައްކަތް ސްޕަވައިޒަރުގެ ލަފާގެމަތިން ކުރުން.

 

  1. ޤަވާޢިދު ނަންބަރު: 2014/R-95 (ރަށުގެ ޢާންމު ތަންތަނުގައި މުނި ފޫހިފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާބެހޭ ޤަވާޢިދާ އުޞޫލު) ގައިވާ ގޮތުގެމަތީން އެފަދަ ކަމަކަށް ހުއްދައަށް އެދި ކައުންސިލަށް ހުށަހަޅައިފިނަމަ ލަސްވެގެން ރަސްމީ 03 ދުވަހުގެ ތެރޭގައި އެކަމަށް ދޭންޖެހޭ ހުއްދަ ދިނުމާއި، ޤަވާޢިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތު ސްޕަވައިޒަރާ ޙިއްޞާކޮށް ޤަވާޢިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން.

 

  1. ޤަވާޢިދު ނަންބަރު:2014/R-100 (ކަނޑުތޮށީގަޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤަވާޢިދާ އުޞޫލު) ގައިވާ ގޮތުގެމަތީން އޮޑިދޯނިފަހަރު ދުއްވާ ފަރާތްތަކުން ޢަމަލުކުރޭތޯ ބަލައި، ޤަވާޢިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކަށް ޤަވާޢިދާ އެއްގޮތަށް ޢަމަލު ކުރުމަށް އަންގައި، އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ސްޕަވައިޒަރަށް ދިނުމަށްފަހު ޤަވާޢިދާ އުޞޫލުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން.

 

  1. ޤަވާޢިދު ނަންބަރު: 2013/R-114 (ރަށާއި ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ އާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާބެހޭ ޤަވާޢިދާ އުޞޫލު) ގައިވާ ގޮތުގެމަތީން ހުއްދައަށް އެދި ކައުންސިލަށް ހުށަހަޅައިފިނަމަ ލަސްވެގެން ރަސްމީ 03 ދުވަހުގެ ތެރޭގައި އެ ހުއްދައެއް އެ ފަރާތަކާ ޙަވާލުކުރުމާއި، ހުއްދަ ނުނަގައި އެފަދަކަމެއް ކުރާކަމުގެ ޝަކުވާ ހުށަހެޅިއްޖެނަމަ އެކަން ސްޕަވައިޒަރުގެ ސަމާލުކަމަށް ގެނެސް ޤަވާޢިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން.

 

  1. ޤަވާޢިދު ނަންބަރު: 2014/R-113 (ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާއިބެހޭ ޤަވާޢިދާއި އުޞޫލު) ގައި ބަޔާންކޮށްފައިވާ ހުއްދަތަކުގެ ތެރެއިން އެހެން މުވައްޒަފެއްގެ ވަޒީފާ ބަޔާނުގައި ނުހިމެނޭ ހުއްދަތަކުގެ ތެރެއިން ހުއްދައަކަށް އެދި ކައުންސިލައް ހުށަހަޅައިފިނަމަ ލަސްވެގެން ރަސްމީ 03 ދުވަހުގެ ތެރޭގައި އެ ހުއްދައެއް ހަދައި އެފަރާތަކާ ޙަވާލުކުރުމާއި، ޤަވާޢިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤަވާޢިދުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުން.

 

  1. ޤަވާޢިދު ނަންބަރު:2014/R-115 (ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާޢިދާ އުޞޫލު) ގައިވާ ގޮތުގެމަތީން ބަނދަރުގެ ކަންކަން ބެލެހެއްޓުމާއި، ޤަވާޢިދާއި އުޞޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤަވާޢިދާއި އުޞޫލުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން.

 

  1. ޤަވާޢިދު ނަންބަރު: 2014/R-101 (މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤަވާޢިދާ އުޞޫލު) ގައިވާ ގޮތުގެމަތީން ވިޔަފާރިތަކުގެ ކަންތައްތައް ބެލެހެއްޓުމާއި، ވިޔަފާރި ހުއްދައަށް އެދި ކައުންސިލަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ލަސްވެގެން 03 ދުވަހުގެ ތެރޭގައި ކަމާގުޅޭ މިނިސްޓްރީއަށް ހުށަހަޅައި އެ ހުއްދަ ހޯދުމަށް މަސައްކަތްކުރުމާއި، ހުއްދަ ލިބުމުން ރަސްމީ 2 ދުވަހުގެ ތެރޭގައި ހުއްދައިގެ ވެރިފަރާތާ ޙަވާލުކުރުން. އަދި ޤަވާޢިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި ޤަވާޢިދާއި އުޞޫލުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުން.

 

  1. މުވައްޒަފުގެ މަސައްކަތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ކައުންސިލަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ހޯދުމަށް ފޮނުވާ ލިޔުންތަކަށް މުއްދަތުގައި ޖަވާބުދިނުން. އަދި ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ޖަވާބު ނުލިބި ލަސްވާ ލިޔުންތަކަށް ޖަވާބު ހޯދުމަށް މަދުވެގެން މަހަކު އެއްފަހަރު ލިޔުން ފޮނުވުން.

 

  1. މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިބޭ ސިޓީ، މެސެޖު، ފަދަ ތަކެތީގެ ތެރެއިން މަޝްވަރާ ނުހޯދައި ޖަވާބު ދެވެންހުންނަ ލިޔުންތަކަށް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމާއި، މަޝްވަރާ ހޯދަންޖެހޭ ލިޔުންތައް މަޝްވަރާ ކުރުމަށްޓަކައި ޔުނިޓުގެ ސުޕަވައިޒަރާ ދުވަހުން ދުވަހަށް ހަވާލުކުރުން. އަދި މަޝްވަރާ ލިބުމުން އެފަދަ މައްސަލަތަކަށްވެސް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.

 

  1. މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިޔާ ސިޓީ، މެސެޖު، ފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުން.

 

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން.

 

  1. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކުރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.

 

  1. ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ހިދުމަތްތަކާގުޅޭ މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މައުލޫމާތު ދިނުން.

 

  1. ހަމަޖެހިފައިވާ އުޞޫލުން އޮފީސް ހުޅުވާ ލެއްޕުން.

 

  1. ކައުންސިލްއިން އިންތިޒާމްކޮށްގެން ކުރަމަށްރާވާ ތަރައްޤީގެ އެކިއެކި މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

 

  1. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

  1. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ އަދި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން.

 

  1. ރަށުގެ ތަރައްގީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުމުގައި އެހީތެރިވެދިނުން.

 

  1. ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުމާއި އެކަމަށްބޭނުންވާ ލަފަޔާއިއިންޕުޓް ދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2. މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިޔުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަން، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަން، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް.

މަޤާމަށް ކަނޑައަޅާފައިވާ ހުރިހާ ތަޢުލީމީ ރޮނގު ތަކަކީ ޕްރިފަރޑް ޑިސިޕްލިންގެ ގޮތުގައި ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގުތަކެކެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. އެޑްމިނިސްޓްރޭޝަން      02. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. އަސާސީ ޝަރުތު ހަމަވުން 30%
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5%
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް. 5%
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ. 5%
  5. އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް) 20%
  6. އިންޓަރވިއު 35%

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 އޮގަސްޓު 24 ވާ އާދިއްތަ ދުވަހުގެ ގެ 12:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު/ޕްރެޒެންޓޭޝަން އޮންނާނީ، 2022 އޮގަސްޓު 28 އާއި 31 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމަންޓް އުޞޫލު" (https://csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

17 މުޙައްރަމް 1444

15 އޮގަސްޓު 2022

15 އޮގަސްޓް 2022
ހޯދާ