މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިއްފުށީގެ ސިނާއީ ޒޯންގެ ސްލިޕްވޭއާއި ގުޅޭ
މި ކައުންސިލުން، ތިން ހަރުގެއާއި ސްލިޕްވޭ ހެދުމަށް 2013 ވަނަ އަހަރު، އަމިއްލަ ކުނަފުންޏަކާއި އެއްބަސްވުން ހަދާ ބިމެއް ދޫކޮށްފައި ވާނެއެވެ. ނަމަވެސް ކުއްޔަށް ހިފިފަރާތުން އެއްބަސްވުމާއި އެއްގޮތަށް އަމަލުކޮށްފައި ނުވުމުގެ ސަބަބުން ކައުންސިލްގެ ޤަރާރަކުން، އެއްބަސްވުން ވަނީ ބާޠިލްކޮށްފައެވެ. ވުމާއިއެކު އެ ބިމުގައި އެއްވެސް ފަރާތެއްގެ މުދަލެއް ހުރިނަމަ، އެއެއްޗެއްގެ ތަފުސީލް، ސަރުކާރު ބަންދުނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ކަމާއި ގުޅުންހުރި ޤާނޫނީ ހުރިހާ ލިޔުންތަކާއިއެކު، މިކައުންސިލަށް ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ. މި އިޢުލާނާއި އެކު، މި ސަރަހައްދު އެނގޭނެ ޗާޓެއް އާންމުކުރީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
15 އޮގަސްޓް 2022
ހޯދާ