ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސިސްކޯ މެރާކީ ވައިފައި އެކްސެސް ޕޮއިންޓް ހޯދުން

މި އޮތޯރިޓީއަށް ތިރީގައިމިވާ އައިޓަމް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

 ބާވަތް: ސިސްކޯ މެރާކީ ވައިފައި އެކްސެސް ޕޮއިންޓް

 

ޢަދަދު:  3 (ތިނެއް)

 

މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ދޭ އުސޫލުންނެވެ. މައުލޫމާތު ތާވަލާއި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް އެޓޭޗްމަންޓްގައި އެވަނީއެވެ. (އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ރިކުއަރމަންޓް ފުރިހަމަ ނުވާނަމަ އިވެލުއޭޝަނަށް ކޮލިފައި ނުވާނެއެވެ.)

އަދި މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާ އެކުގައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް،  23 އޮގަސްޓް 2022  ވަނަ ދުވަހު ހެނދުނު 10:00އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.

 

މި ބިޑާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 22 އޮގަސްޓް 2022 ވަނަ ދުވަހު 12:00 ގެ ކުރިން [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި ސުވާލުތަކަށް ދެވޭ މަޢުލޫމާތު އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއުކެރެވޭނެ އެވެ.

 

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް

 

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

 

15 އޮގަސްޓް 2022

15 އޮގަސްޓް 2022
ހޯދާ