ދިވެހިރާއްޖެ
RASGETHEEMU SCHOOL RAA. RASGETHEEMU |
ރަސްގެތީމު ސްކޫލް ރ.ރަސްގެތީމު |
|
`
ނަމްބަރު: GS121/IUL/2022/11
އިޢުލާނު
|
|||||||||||||||||||
|
|||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||||
މަޤާމުގެ ރޭންކު: |
ޓީޗަރ ރޭންކް 1 އިން 3 އަށް |
||||||||||||||||||
ޕަބްލިކް ސަރވިސް ރޭންކް |
ޕަބްލިކް ސަރވިސް ރޭންކު 5 އިން ޕަބްލިކް ސަރވިސް ރޭންކު 8 އަށް |
||||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ރަސްގެތީމު ސްކޫލް، ރ.ރަސްގެތީމު
|
||||||||||||||||||
މުސާރަ:
|
|
||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ޙަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުޤައްރަރުގަ އިވާ މިންވަރަށް ދަރިވަރުންނަށް އުގަންނައިދިނުން 2- ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން 3- ދަރިވަރުންނަށް ޙާސިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރިކޯޑްކުރުމާއި، އެމައޫލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ޙިއްސާކުރުން 4- ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ޙަވާލުކުރަންޖެހޭ އެންމެހައިތަކެތި (ސްކީމްއޮފް ވަރކް، ލެސަންޕްލޭން، މާރކްސްޝީޓްފަދަ) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ޙަވާލުކުރުން 5- އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާޢިދުތަކާއި ސްކޫލު ކުދިންގެ ގަވާޢިދުތަކާއި ސްކޫލުގެ ގަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން 6- ޙަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިތަކަށާއި ރިލީފްގަޑިތަކަށް ގަޑިއަށް ހާޒިރުވެ ދަރިވަރުންނަށް ފައިދާހުރިގޮތަކަށް ފިލާވަޅު ކުރިއަށް ގެންދިއުން 7- ޙަވާލުކުރެވިފައިވާ މާއްދާ ކޯޑިނޭޓްކޮށް ބެލެހެއްޓުން 8- ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން 9- ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަކުދިންފިޔަވައި އެހެން ހުރިހާ ކުދިންނަށް ލިޔަންކިޔަން ދަސްކޮށް ދިނުން 10- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއިގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން 11- ފިލާވަޅުތަކާއިގުޅޭގޮތުން ކްލާސްރޫމުގައި ޑިސްޕްލޭކުރުން 12- ސްކޫލުން އިންތިޒާމުކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ޙާޒިރުވުން 13- ސްކޫލުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 14- ސްކޫލުގެ ހުރިހާ ވަސީލަތްތައް (ލައިބްރަރީ، އިންޓަރނެޓް ފަދަ) ދަރިވަރުންނަ އެންމެ ފައިދާ ހުރި ގޮތަކަށް ބޭނުންކުރުން 15- ސްކޫލަކީ އެކުވެރި އެއްބައިވަންތަ ބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން 16- ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއި ގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން 17- ސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުވުން 18- ކްލަބް ޖަމްޢިއްޔާތަކާއި، ޔުނިފޯމް ޙަރަކާތް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ޙަރަކާތެއްގައި ފުރިހަމަޔަށް ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން 19- ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުވައްޒަފުން އަދި ސްކޫލުގެ ސިއްރުތައް ހިފެހެއްޓުން 20- ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގައި ފުރިހަމަޔަށް ބައިވެރިވުން
|
||||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
ޓީޗަރ، ރޭންކު 3
އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ޓީޗަރ،ރޭންކް 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން. ނުވަތަ
ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޓީޗަރ،ރޭންކް 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން. ނުވަތަ
ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޓީޗަރ،ރޭންކް 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން. ނުވަތަ
އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުމާއި، ތަޢުލީމީ/ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ޓީޗަރ، ރޭންކު 2
ނުވަތަ
ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން. ޓީޗަރ، ރޭންކު 1
|
||||||||||||||||||
ކިޔަވައިދިނުމުގެ ދާއިރާ: |
ޓީޗިންގ (ޕްރައިމަރީ) ޓީޗިންގ ސާރވިސަސް ނޯޓު : ޓީޗަރެއްގެ ޒިންމާ އަދާ ކުރައްވާ ކޮންމެ ފަރާތަކުން ކިޔަވައި ދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތީގެ ސަނަދެއް އޮންނަންޖެހޭތީ، ކިޔަވައިދޭ މާއްދާއަށް ޚާއްސަ ކުރެވިފައިވާ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތިން ޓީޗިންގ ދާއިރާގެ ޖެނެރަލް ޓީޗިންގ ސެޓްފިކެޓެއް ފުރިހަމަ ކުރައްވާފައިވާނަމަ، އެ ސެޓްފިކެޓް ކިޔަވައި ދިނުމުގެ ދާއިރާގެ ސަނަދެއް އޮތްކަމަށް ބެލުމުގައި ބޭނުން ކުރެވޭނެއެވެ. |
||||||||||||||||||
ތަޢުލީމީ ދާއިރާ |
|
||||||||||||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: |
ޓީޗިންގ ސާރވިސަސް |
||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، ރަސްގެތީމު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||||||||||||
އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ 22 އޮގަސްޓް 2022 އާއި 30 އޮގަސްޓް 2022 އާއި ދެމެދު، ރަސްގެތީމް ސްކޫލްގައެވެ. |
||||||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||||||
މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް ރިލީފް މަޤާމަކަށް އެކަޑަމިކް އަހަރު ނިމެންދެން ނެގުމަށް ހަމަޖެހިފައިވެއެވެ. މަޤާމުގެ ގިންތި: ވަގުތީ މުއްދަތު: އެކަޑަމިކް އަހަރު ނިމެންދެން އުޖޫރަ: ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް
އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. ނޯޓް:
|
|||||||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580361 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ. |
17 މުޙައްރަމް 1444
15 އޮގަސްޓް 2022