މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަވަންދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1444

މި މުބާރާތަކީ ދަރަވަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ގުޅިގެން ހިންގޭ މުބާރާތެކެވެ. ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 ސެޕްޓެމްބަރ 09 ވާ ހުކުރު ދުވަހުއެވެ.

މުބާރާތުގައި ވާދަ ކުރެވޭ ބައިތަކަކީ: (1) ފޮތުން ކިޔުމުގެ ބައި (2) ހިތުން ކިޔުމުގެ ބައި.

މުބާރާތުގެ އުމުރުފުރާތަކާއި މުޤައްރަރު:

 

 

#

އުމުރުފުރާ

ފޮތުން ކިޔުމުގެ ބައި

ހިތުން ކިޔުމުގެ ބައި

މަތިން

ތިރިން

މަތިން

ތިރިން

1

6 އަހަރުން ދަށް

1 ވަނަ ފޮތް

30 ވަނަ ފޮތް

ޞަފުޙާ 1-11

ޟުހާއިން ތިރި

2

9 އަހަރުން ދަށް

ފުރަތަމަ 3 ފޮތް

ފަހު 3 ފޮތް

1 ވަނަ ފޮތް

30 ވަނަ ފޮތް

3

12 އަހަރުން ދަށް

ފުރަތަމަ 5 ފޮތް

ފަހު 5 ފޮތް

ފުރަތަމަ 2 ފޮތް

ފަހު 2 ފޮތް

4

15 އަހަރުން ދަށް

ފުރަތަމަ 7 ފޮތް

ފަހު 7 ފޮތް

ފުރަތަމަ 3 ފޮތް

ފަހު 3 ފޮތް

5

18 އަހަރުން ދަށް

ފުރަތަމަ 10 ފޮތް

ފަހު 10 ފޮތް

ފުރަތަމަ 4 ފޮތް

ފަހު 4 ފޮތް

6

18 އަހަރުން މަތި

ފުރަތަމަ 15 ފޮތް

ފަހު 15 ފޮތް

ފުރަތަމަ 5 ފޮތް

ފަހު 5 ފޮތް

 

މުބާރާތުގައި ބައިވެރިވާ ބައިގައި، ފޮތުން ކިޔުމުގެ ބައިންނާއި ހިތުން ކިޔެވުމުގެ ބައިގެ ކޮންމެ ކޮޅަކުންވެސް ކިޔެވިދާނެއެވެ. ޚަތިމުގެ ކޮޅު މާނަ ކުރެވޭނީ ފެށޭކޮޅު އެއީ ބަޤަރާ ސޫރަތާ ވީކޮޅު ކަމުގައެވެ. ނިމޭކޮޅު އެއީ ޢަންމާފޮތާ ވީކޮޅު ކަމުގައެވެ.

 

ވީމާ، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް (https://tinyurl.com/qurancompetition1444) ފުރުއްވާ ހުށަހެޅުމަށް ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެފަހު ތާރީޚަކީ 2022 އޮގަސްޓް 31 ވާ ބުދަ ދުވަސް ކަމުގައި ދަންވަމެވެ.

 

 

14 އޮގަސްޓް 2022
ހޯދާ