ދިވެހިރާއްޖެ
މި އޮތޯރިޓީ ގެ ނަންބަރު: (IUL)218-QAS/218/2022/4 އިޢުލާނާ ގުޅިގެން ދަންނަވަމެވެ. ދިވެހިރާއްޖޭގައި މަތީތަޢުލީމުދޭ މަރުކަޒުތަކުގެ އިންސްޓިޓިއުޝަނަލް އޮޑިޓް ކުރުމަށް އެކުލަވައިލާ އޮޑިޓް ޕެނެލްގައި ބައިވެރިވުމަށް ވަރަށް ގިނަ ފަރާތްތަކަކުން އެދެމުން ދާތީ، ވީހާ ވެސް ގިނަ ފަރާތްތަކަކަށް މި ފުރުޞަތު ދިނުމުގެ ގޮތުން މިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް ހުޅުވާލައިފީމެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ހޮވުމަށް ބޭނުނުންވާ މިންގަޑުތައް އެކުލެވޭ މަޢުލޫމާތު ކަރުދާހެއް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ވެބްސައިޓް http://www.mqa.gov.mv/ އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ކަރުދާހުގައިވާ ޝަރުޠު ފުރިހަމަވާ މިކަމަށް ޝައުވެރިވާ ފަރާތްތަކުން ޝައުޤުވެރިވާކަން ހާމަކޮށް 18 އޮގަސްޓު ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން [email protected] އަށް ސީވީއާއެކު އީމެއިލްގެ ޒަރީޢާއިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ހޮވޭ ފަރާތްތަކަށް މި އޮތޯރިޓީގެ ފަރާތުން އިތުރު ތަމްރީނު ދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން އުޖޫރަ ދެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3026659، 3026668 އަދި 3026664 ފޯނަށް ގުޅުން އެދެމެވެ.
16 މުޙައްރަމް 1444
14 އޮގަސްޓު 2022