ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ޓީޗަރ (ބިޒްނަސް)

ވަޒީފާގެ ފުރުސަތު

މަޤާމު: 1 ޓީޗަރ (ބިޒްނަސް)        

ކްލެސިފިކޭޝަނާއި ރޭންކް: ޓީއެސްއޯ 2 އާއި ޓީއެސްއޯ 8 އާ ދެމެދުގެ ކްލެސިފިކޭޝަނެއް. (އެމް އެސް 1 ން އީ.އެކްސް 3  އާ ދެމެދުގެ ރޭންކެއް.

ބޭނުންވާ އަދަދު: 1

 ޝަރުޠު:

ރޭންކް

ކްލެސިވިކޭޝަން

ޝަރުޠު

އެމް.އެސް. 1

ޓީ.އެސް.އޯ 2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެމް.އެސް. 2

ޓީ.އެސް.އޯ 3

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އެމް.އެސް. 3

ޓީ.އެސް.އޯ 4

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް   7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

އެމް.އެސް. 4

ޓީ.އެސް.އޯ 5

-  ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ އިތުރު ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް   9 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު (ލެވެލް 7 ގެ ސަނަދެއް ނެތި) ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

އީ.އެކްސް 1

ޓީ.އެސް.އޯ 6

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުން ނުވަތަ،

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުމާއި، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގައި ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

އީ.އެކްސް 2

ޓީ.އެސް.އޯ 7

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤަމުގެ ޝަރުތު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

އީ.އެކްސް 3

ޓީ.އެސް.އޯ 8

- ޓީޗިންގ ސަރވިސް އޮފިސަރ 7  ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މުސާރަ: ޓީ.އެސް.އޯ 2 ގެ ޝަރުޠު ފުރިހަމަވާނަމަ -/5610 ރުފިޔާ (މަހަކު)

     ޓީ.އެސް.އޯ 3 ގެ ޝަރުޠު ފުރިހަމަވާނަމަ -/6295 ރުފިޔާ (މަހަކު)

     ޓީ.އެސް.އޯ 4 ގެ ޝަރުޠު ފުރިހަމަވާނަމަ -/7035 ރުފިޔާ (މަހަކު)

     ޓީ.އެސް.އޯ 5 ގެ ޝަރުޠު ފުރިހަމަވާނަމަ -/7875 ރުފިޔާ (މަހަކު)

     ޓީ.އެސް.އޯ 6 ގެ ޝަރުޠު ފުރިހަމަވާނަމަ -/8835 ރުފިޔާ (މަހަކު)

     ޓީ.އެސް.އޯ 7 ގެ ޝަރުޠު ފުރިހަމަވާނަމަ -/9890 ރުފިޔާ (މަހަކު) 

     ޓީ.އެސް.އޯ 8 ގެ ޝަރުޠު ފުރިހަމަވާނަމަ -/11065 ރުފިޔާ (މަހަކު)                                      

ސަރވިސް އެލަވަންސް: -/2500 ރުފިޔާ (މަހަކު)

______________________________________________________________________________________________________________

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން:  މި މަޤާމަށް މުއައްޒަފަކު ހޮވުމުގައި އިސްކަންދޭނީ، ޓީޗިންގ ދާއިރާއިން ތަމްރީން ލިބިފައިވާ، ބިޒްނަސް މާއްދާ ކިޔަވައިދިނުމުގެ ތަޖުރިބާހުރި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ.                  

ކުރަންޖެހޭ މަސައްކަތް: ސްކޫލްގެ ދަރިވަރުންނަށް ބިޒްނަސް މާއްދާ ގަޑިތައް ނަގައިދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ ސްކީމްތައް ތައްޔާރުކުރުމާއި، ޓެސްޓް ޕޭޕަރު ތައްޔާރުކުރުމާއި، ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

____________________________________________________________________________________________________________

ހުށަހަޅަންޖެހޭތަކެތި: 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސްކޫލުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ސާފު ކޮޕީ.
  • ތަޖުރިބާގެ ލިއުންތަކާއި، ލިބިފައިވާ ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތުހަމަނުވާ ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ވަޒީފާއަދާކުރަންޖެހޭތަން: ތާޖުއްދީން ސްކޫލް

އިންޓަރވިއުކުރުން:

  • މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ  އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ތާޖުއްދީން ސްކޫލުގައެވެ.  ތާރީޚާއި ވަގުތު، ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ. 

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

ސުންގަޑި: މި ވަޒީފާއަށް ކުރިމަތިލެވޭނެ އެންމެފަހު ތާރީޚަކީ 26 އޮކްޓޫބަރު 2014 ގެ 2.30 އެވެ.

އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3317318 ނަންބަރާ ފޯނާއެވެ.

މި މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، ވަގުތީގޮތުން ޓީޗަރަކު ނެގުމަށްވަނީ ހަމަޖެހިފައެވެ.

15 އޮކްޓޫބަރު 2014
ހޯދާ