މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ތަކެތި ސަޕްލަކޮށްދޭނެ ފަރާތެއް ހޯދުމަށް

މިސާރވިސްއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މިސާރވިސްގެ ޖަލުތަކުގައި ތިބޭ ޤައިދީން، ގަތުމަށް ބޭނުންވާ ތަކެތި ސަޕްލަކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. (މިތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ފޮތް، ގަލަން ފަދަ ސްޓޭޝަނަރީއާއި، ސޮފްޓް ޑްރިންކާއި، ފެންވަރާ ރީތިވުމަށް ބޭނުންވާ ސާމާނާއި، ސިނގިރޭޓް ފަދަ ތަކެއްޗެވެ. އަދި މިނޫނަސް ޖަލަށް ވެއްދުމަށް ހުއްދަ އޮންނަ ތަކެތި ސަޕްލައިކޮށްދޭންވާނެއެވެ.)

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

21 އޮކްޓޫބަރު 2014

އަންގާރަ

14:00

އަންދާސީހިސާބު ހުށަހެޅުއްވުމަށް

28 އޮކްޓޫބަރު 2014

އަންގާރަ

14:00

20 ޛުލްޙިއްޖާ 1435

14 އޮކްޓޫބަރު 2014
ހޯދާ