ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/446/10/2014 |
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު:
މިކޯޕަރޭޝަންގެ ޓީވީމޯލްޑިވްސް އިން ދެއްކުމަށް ބޭނުންވާ ބޮޑުތަކުރުފާނު ވާހަކައިގެ މައްޗަށް އުފައްދާ 26 އެޕިސޯޑްގެ ފިލްމުގެ ސްޓޯރީ ލިޔެ، ރިސާޗްކޮށް، ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/109 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯޒަލްގައިވާ މަޢުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އެފުރުޞަތު ހުޅުވާލީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ.
20 ޛުލްޙިއްޖާ 1435