ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރ މަރާމާތުކުރަން

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިރަށުގެ ދެކުނު ކޮޅުގައި ހަދާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ މަރާމާތުކުރަން ކުރެވުނު ނަންބަރު IUL(AD)/2014/40-ފ401 (02 އޮކްޓޫބަރު 2014) އިޢުލާނުގައި ބިޑް ހުށަހެޅުމަށް ދެވިފައިވާ މުއްދަތު ކުޑަކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގައި މިއިދާރާގައެވެ. ވީމާ، ބީލަމުގައި ބައިވެރިވުމަށް އެދޭ ހުރިހާ ފަރާތްތަކުންވެސް މިބައްދަލުވުމުގައި ބައިވެރިވެދެއްވުން އެދެމެވެ.

ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގައި މިކައުންސިލުގެ އިދާރާގައެވެ.

ބީލަމާބެހޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ނުކުރާނަމަ ނުވަތަ އިވެލުއޭޝަނުން ފާސް ނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ. ބިޑް އިވެލުއޭޝަން ކްރައިޓީރިއާ އާއި އިތުރު މަޢުލޫމާތު ބީލަން ފޮތުގައި ހިމަނާފައި އޮންނާނެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި (6800082) ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 ޛުލްޙިއްޖާ 1435

15 އޮކްޓޫބަރު 2014
ހޯދާ