ދިވެހިރާއްޖެ
މަޤާމު: |
އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރުމެންޓް ޓެކްނީޝަން |
މަޤާމުގެ ނަންބަރު: |
J-260526 |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
CS4-2 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރޫމެންޓް ޓެކްނީޝަން |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، ހުޅުލެ |
މުސާރަ: |
9800.00ރ |
ސަރވިސް އެލަވަންސް: |
3750.00ރ |
ސްޕެޝަލްޑިއުޓީ އެލަވަންސް: |
3430.00ރ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1 މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގައި ބޭނުން ކުރަމުންދާ މޫސުމާއި ބެހޭ ވިއުގަ އާއި (މޫސުން ދެނެގަތުމާއި، މޫސުމީ ދިރާސާ ކުރުމަށް ބެހެއްޓިފައިވާ އެންމެހާ އާލަތްތައް ) ، ސައިސްމިކް މޮނިޓަރިން އަދި ދުރާލާ އިންޒާރު ދޭ ނިޒާމާއި، މި ސަރވިސް ގެ އެންމެހާ ނެޓްވަރކް، ޓެލެކޮމިއުނިކޭޝަން، އިންފޮމޭޝަން ސިސްޓަމްސް އަދި އެނޫނަސް ގާއިމް ކުރެވިފައިވާ އެންމެހާއި އާލާތްތައް ބެލެހެއްޓުމާއި (ޝެޑިއުލް ކުރެވިފައިވާ ގޮތަށް މިތަކެތި ބެލެހެއްޓުން)، އަދި ދިމާވާ މައްސަލަތަކާއި އެ މައްސަލަ ހައްލު ކުރި ނުވަތަ މައްސަލަ ނިމުނު ގޮތުގެ ލޮގު އެ ކަމެއް ނިމޭތާ މަދުވެގެން ދެ (2 ) ދުވަސް ތެރޭ ސުޕަވައިޒަރ އިރުޝާދު ދިފާއިވާ ގޮތަށް އެންޓަރ ކުރުމާއި، އެންމެހާއ އާލާތްތަށް ކެލިބްރޭޓް ކުރުމުގައި ކުރުންޖެހޭ ކަންތައްތައް ކުރުމާއި، އިންސްޓޯލްކުރުމާއި، އެކްސްޕޯޝަރ ކޮންޑިޝަން ހުރީ ކަނޑައޅިފައިވާ ކޮލިޓީ ސްޓޭންޑަރޑްއަށް ކަން ޔަގީން ކުރުމާއި އާ އާލާތްތަކާއި ސިސްޓަމސް އިންސްޓޯލް ކުރުމާއި މި ތަކެތީ ނުވަތަ ސިސްޓަމްސް ބޭނުންކުރުމަށް ލިބެންޖެހޭ ތަމްރީނުތައް ރާވާއި ހިންގުމާއި މި ފަދަ ޙިދުމަތް ނުވަތް ތަކެތި ހޯދުމަށް ބޭނުންވާ ޓެކްނިކަލް ސްޕެސިފިކޭޝަންސް، ޕްރޮޕޯސަލްސް ނުވަތަ އެނޫންވެސް މިފަދަ ޑޮކިއުމަނޓްތައް ތައްޔާރުކުރުމާއި، ހޯދުމާއި އަދި މި ފަދަ ކަންކަމުގައި ލިބޭ ކޯޓޭޝަތައް އަދި ބިޑުތަކުގެ އިވެލުއޭޓް ކުރުމުގައި ބައިވެރިވުމާއި، އަދި މި އެންމެހާއި އާލާތްތަކާއި ވިއުގައިގެ ކޮލިޓީ އަދި އަޕްޓައިމް ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުން. 2 އަލަށް އަންނަ އީޖާދު ތަކާއި ހޯދުންތައް ދިރާސާ ކުރުމާއި މި ދިރާސާތަކާއި ހޯދުންތައް ގާއިމު ކުރަން ސުޕަވައިޒަރ އަށް ލަފާ އެރުވުމާއި މި އީޖާދުތައް އިމްޕްލިމެންޓް ކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރުން. 3 އޮފީހުގެ މަސައްކަތުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި ހަދަންޖެހޭ އުސޫލުތައް ހެދުމާއި، މި އުސޫލުތައް ހިފެހެއްޓުން 4 ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަމަށް ތައްޔާރުވުމާއި ކުރިޔަށް އޮންނަ 3 އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އިން ދޭ މުއްދަތުގެ ތެރޭގައި އެ މަސައްކަތްކޮށް ނިންމާ ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. 5 ކޮންމެ ފަދަ ވަގުތެއްގައިވެސް ކާރިސާއެއް ނުވަތަ މޫސުމަށް އަންނަ ނޭދެވޭ ބަދަލެއްގެ ސަބަބުން މަސައްކަތައް ވަގުތުން ނުކެމެވޭފަދަ ތައްޔާރީ ހާލަތެއްގައި ހުރެ މިފަދަ ހާލަތުގައި ލިބެންޖެހޭ އެންމެ ފުރިހަމަ ހިދުމަތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުން. 6 10 މީޓަރ އުސް އެންޓަނާ ހަރުކުރުމާއި، މިފަދަ އެންޓެނާތަކަށް އެކަށީގެންވާ ސަލާމަތީ އާލާތްތަކާއެކު އެއަށް އެރުމާއި، ނުވަތަ އެއަށްވުރެ އުސް ތަންތަނުގައި ބަހައްޓާފައިވާ މޫސުމާބެހޭ އާލާތްތައް މަރާމާތުކުރުން. 7 ޖަނަރޭޓަރ ، ޕެނަލް އަދި އެހެނިހެން އާލާތްތަކުގެ ލޮގް ފޮތްތައް ސެކްޝަން ހިންގުމާއި ޙަވާލުވެ ހުންނަ އިސް މުވައްޒަފެއްގެ ބެއްލެވުމުގެ ދަށުން ބެލެހެއްޓުން. 8 މި ސަރވިސްގައި ދުއްވާ އެންމެހާ އުޅަނދެއްގެ މަރާމާތާއި، ސާފުކޮށް ދޮވުމާއި، މަސައްކަތާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ދަތުރުތައް ސުޕަވައިޒަރުގެ ހުއްދަ ކުރިން ހޯދާއިގެން ކުރުމާއި މި ފަދަ ދަތުރު ކުރުމަށް ހޯދަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ފުރިހަމަ ކުރުން. 9 ރާއްޖެއާއި ރާއްޖެއިން ބޭރުގައި އަދި އޮފީސް މާހައުލުގައި މުވައްޒިފަކީ ގާބިލްކަމާއިއެކު މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލު ކުރުމުގެ މުހިންމު ކަން އިންތިހާއަށް އޮތް ފރާތަކަށްވުމާއެކު މަސައްކަތުގައި އިސްނަގައިގެން، ޔުނިޓްގައި މަސައްކަތް ކުރާ އެންމެހާއި މުވައްޒިފުންނާ މައުލޫމާތު ބަދަލުކޮށްގެން، ކުރެވޭ މަސައްކަތުގައި ވީ އެންމެ ފުރިހަމައަށް އަމަލީ ގޮތުން ބައިވެރިވުމާއި، މަސައްކަތެއް ނޭނގޭ ނަމަ އެކަމެއް ދަސްކުރުމަށް ގަދަ އަޅާ މަސައްކަތް ކުރުމާއި ޔުނިޓަށް އަދި އޮފީހަށް ބޭނުންތެރި މަސައްކަތް ކުރެވޭ ފަދަ ފަންނީ އަދި އިލްމީ ގާބިލް މުވައްޒިފަކަށް ވުމަށް ގަދަ އަޅާ މަސައްކަތް ކުރަންވާނެ. އަދ ކޮންމެ ގަޑިއެއްގައި ވެސް ދިމާވެދާނެ ފަދަ ހާލަތަކަށް ތައްޔާރަށް ތިބުމާއި އޮފީހުން ގުޅާ ހާލަތުގައި އެ ފޯނަށް ޖަވާބު ދެވޭ ފަދަ ތައްޔާރީ ހާލަތެއްގައި އަބަދުވެސް ހުރުން. |
މަޤާމުގެ ޝަރުޠުތައް: |
|
ތަޢުލީމީ ރޮނގު(ތައް):
ޕްރިފަރޑް ޑިސިޕްލިން(ތައް) :
ކޯ ޑިސިޕްލިން(ތައް):
|
|
ގުޅޭވަޒީފާގެ ދާއިރާތައް:
(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ މީޓިއޮރޮލޮޖިކަލް ދާއިރާގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމުގެ އުޞޫލު 2021 ގައި ހިމަނާފައިވާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 އޮގަސްޓު 28 ވަނަދުވަހުގެެ 12:00ގެ ކުރިން، ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށެވެ. ނުވަތަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ [email protected] އީމެއިލް އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެކްޓިކަލް އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނީ، 2022 ސެޕްޓެންބަރު 01 ވަނަދުވަހާއި 07 ވަނަދުވަހާއި ދެމެދު، ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިސަރވިސްގެ 3037224 ނަމްބަރ އަށެވެ. ނުވަތަ މިސަރވިސްގެ [email protected] އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ. އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓުރޫމެންޓް ޓެްކްނީޝަންގެ މަޤާމަށް އައްޔަންކުރާ ފަރާތުން މިސަރވިސްއިން ހިންގާ ބޭސިކް މީޓިއޮރޮލޮޖީ ކޯސް (WMO-IV) ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކުރަން ވާނެއެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ މީޓިއޮރޮލޮޖިކަލް ދާއިރާގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމުގެ އުޞޫލު 2021 މި ސަރވިސްގެ ވެބްސައިޓްގެ ޑައުންލޯޑްސް ( https://www.meteorology.gov.mv/downloads/80/view) އިން ލިބެން ހުންނާނެއެވެ. |