ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޕްރީ- ފެބްރިކޭޓެޑް ވާރކްޝޮޕެއް ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ހުޅުމާލެ އިންޖީނުގެއަށް ބޭނުންވާ ޕްރީ- ފެބްރިކޭޓެޑް ވާރކްޝޮޕެއް ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 16 އިން 2014 އޮކްޓޫބަރު 30 ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހުގެ 15:00 އާ ދެމެދު -/500 ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2014 ނޮވެންބަރު 02 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި 2014 ނޮވެންބަރު 12 ވާ (ބުދަ) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2014 އޮކްޓޫބަރު 21 އިން 2014 އޮކްޓޫބަރު 30 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 15:00 އާ ދެމެދުގައެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000.00 (ވިހިހާސް ރުފިޔާ) ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 50 (ފަންސާސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ނޮވެންބަރު 12 ވާ (ބުދަ) ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ.            

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2014 އޮކްޓޫބަރު 16 އިން 2014 އޮކްޓޫބަރު 30 އަށް

9:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2014 އޮކްޓޫބަރު 21 އިން 2014 އޮކްޓޫބަރު 30 އަށް

9:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2014 ނޮވެންބަރު 02 ގައި

11:00 ގައި

އަގު ހުށަހެޅުން

2014 ނޮވެންބަރު 12 ގައި

11:00 ގައި

                       22 ޛުލްޙިއްޖާ 1435    

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338124 / 3338122 ނަންބަރު ފޯނާއެވެ.  އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
16 އޮކްޓޫބަރު 2014
ހޯދާ