ދިވެހިރާއްޖެ
އިޢުލާން
ދިދަ ދަނޑި އަދި ދިދަ ހަރުކުރާ ސްޓޭންޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ 300 ދިދަ ދަޑި އަދި 150 ދިދަ ހަރުކުރާ ސްޓޭންޑް މިއިދާރާއިން ފޯރުކޮށްދޭ މަޢުލާމާތާއި އެއްގޮތަށް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)415/415/2022/105 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޯގަސްޓް އިން 22 އޯގަސްޓް އަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ތިރީގައި ދެންނެވިފައިވާ މުއްދަތުގައި މި އިދާރާއަށް ވަޑައިގެން ރަޖިސްޓަރ ކުރުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ރަޖިސްޓްރޭޝަން މުއްދަތު |
10 އޯގަސްޓް 2022 އިން 22 އޯގަސްޓް 2022 |
8:30 – 13:00 |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުން |
06 ސެޕްޓެމްބަރ 2022 |
13:30 (މެންދުރު) |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، ރަޖިސްޓްރްރީވުމަށް ދެންނެވިފައިވާ މުއްދަތުގައި މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މިމަސައްކަތުގެ ބީ.އޯ.ކިއު، ބިޑްހުށަހަޅުއްވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް، ބީލަން ފޯމް އަދި މަސައްކަތާއި ގުޅުންހުރި ކުރެހުންތައް ރަޖިސްޓްރޭޝަން މުއްދަތު ހަމަވުމުން، ބީލަން ހުށަހެޅުމަށް ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.