މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ޔޫތް ސެންޓަރ މަރާމާތުކުރުމާއި ގުޅޭ؛

(IUL)337-C-AB/337/2022/65 ނަންބަރ

އިޢުލާން

 

މިއިދާރާގެ ބެލުމުގެ ދަށުގައިވާ ޔޫތް ސެންޓަރ މަރާމާތުކުރުމާއި ގުޅޭ؛

 

މިއިދާރާގެ ބެލުމުގެ ދަށުގައިވާ ޔޫތް ސެންޓަރ މިއިދާރާއިންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅަންއެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް   [email protected]  އަށް  މައުލޫމާތު ފޮނުވައިގެން ނުވަތަ ލިޔުމަކުން ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

މަޢުލޫމާތު ސާފުކުރުން:

16 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:00ގައި ޔޫތް ސެންޓަރުގައި،

ރަޖިސްޓްރީ ކުރުން:

22 އޮގަސްޓް 2022 ވަނަ ދުވަހުގެ 12:00 ގެކުރިން،

އަންދާސީ ހިސާބު ހުށަހެޅުން:

22 އޮގަސްޓް 2022 ވަނަދުވަހުގެ 13:30 ގައި މާފުށި ކައުންސިލް އިދާރާއަށް،

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

11 އޮގަސްޓް 2022

11 އޮގަސްޓް 2022
ހޯދާ