ދިވެހިރާއްޖެ
ތ. ކިނބިދޫ ވަގުތީ ފާމަސީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
2. މަސައްކަތުގެ ބާވަތް: 9 ފޫޓް×15 ފޫޓް ވަގުތީ ޕާޓިޝަން ފާމަސީއެއް އިމާރާތް ކުރުން.
3. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:
3.1 ރަޖިސްޓަރ ކުރާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި މި ބާވަތުގެ މަސައްކަތް ކުރާ ފަރާތަކަށްވުން.
4. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:
4.1 ރަޖިސްޓަރ ކުރާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި މިބާވަތުގެ މަސައްކަތް ކުރާ ފަރާތެއްކަން އަންގައިދޭ ލިޔުން (ކައުންސިލްގެ ސިޓީ).
5. ރަޖިސްޓަރީ ކުރުން:
5.1 ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 18 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހު 1100 ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
6. ބީލަންކަރުދާސް ދޫކުރުން:
6.1 ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 18 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
7. މައުލޫމާތު ދިނުމުގެ ސެޝަން:
7.1 މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 21 އޯގަސްޓް 2022 ވާ އާދިއްތަ ދުވަސް 1100ގައި ތ. ކިނބިދޫ ފާރމަސީގައެވެ.
8. ސުވާލާއި ޖަވާބު:
8.1 ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 23 އޯގަސްޓް 2022 ވާ އަނގާރަ ދުވަހު 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 24 އޯގަސްޓް 2022 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން ހުށަހެޅިފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.
9. ބީލަން ހުށަހެޅުން:
9.1 ބީލަން ހުށަހަޅަންވާނީ 29 އޯގަސްޓް 2022 ވާ ހޯމަ ދުވަހު 1100 ގެ ކުރިން [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 1422 އީމެއިލް: [email protected]