ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި މަހު ރައްޔިތުންނަށް ހުޅުވާލާ ބާއްވާ ބައްދަލުވުން ބޭއްވި ކައުންސިލްތަކުގެ މަޢުލޫމާތު ޢާއްމުކުރުމޭބެހޭ

ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާ ގައިވާގޮތުގެ މަތިން، ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެއެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް 2022 ވަނަ އަހަރު ޖުލައި މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، މިކައުންސިލަށް އެމަޢުލޫމާތު ޙިއްސާކޮށްފައިވާ މިއިދާރީ ދާއިރާގެ 11 ރަށު ކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ރަށު ކައުންސިލް

  1. ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
  2. ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
  3. ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
  4. ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
  5. ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
  6. ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
  7. ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
  8. ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
  9. ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދަރާ
  10. ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
  11. ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، މިކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

13 މުޙައްރަމް 1444

11 އޮގަސްޓު 2022

11 އޮގަސްޓް 2022
ހޯދާ