ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފ.އަތޮޅު ހޮސްޕިޓަލުގެ ބޭނުމަށް 2 އަހަރުދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް

އިޢުލާން

 

ފ.އަތޮޅު ހޮސްޕިޓަލުގެ ބޭނުމަށް 2 އަހަރުދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް

 

މިހޮސްޕިޓަލްގެ ޢިއުލާން ނަންބަރ (IUL)FAH-A-1/FAH/2022/25 ( 16 ޖޫން 2022) ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެޢިއުލާން ބާތިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 11 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 22 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ([email protected]) އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 އޯގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި ފ.އަތޮޅު ހޮސްޕިޓަލްގައެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 އޯގަސްޓް 2022 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 ކުރިން 6740576 ، 6740577 އަށް ގުޅައިގެން ނުވަތަ ([email protected]) އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ޙަވާލާދެވިފައިވާ ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

11 އޮގަސްޓް 2022
ހޯދާ