ދިވެހިރާއްޖެ
އިޢުލާން
ލ.ކުނަހަންދޫ ކުނިކޮށި ބެލެހެއްޓުމާއި އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ލ. ކުނަހަންދޫ ލ.ކުނަހަންދޫ ކުނިކޮށި ބެލެހެއްޓުމާއި އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކޮއްދޭނެ ( ކުނިކޮއްޓަށް ކުނިގެންގޮސް ކުނިނައްތާލުމާއި ކުނިކޮށި ސާފްކޮށް ބަލަހައްޓައިދޭނެ) ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤްވެރިވެ ލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2022 އޮގަސްޓް 22 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްގެންދެވުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022އޮގަސްޓް 17 ވަނަ ދުވަހުގެ 12:00ގެ ކުރިން މިކައުންސިލަށް ލިޔުމަކުން ހުށަހެޅުމަށް ދައްނަވަމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 އޮގަސްޓް 28 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
12 މުހައްރަމް 1444
10 އޯގަސްޓް 2022