މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮވިޑް19 އާއި ގުޅިގެން ރަށްރަށުން އަސާސީ މުދާ ބަލާ މާލެ އަންނަ އުޅަނދުފަހަރާއި ފެރީތަކަށް މާލެ ހުޅަނގު ދެކުނު ބަނދަރުން ދެވިފައިވާ ޚާއްޞަ އިންތިޒާމްތައް އުވާލުމާއި ގުޅޭ
ކޮވިޑް19 އާއި ގުޅިގެން އިޢުލާންކޮށްފައިވާ ސިއްޚީ ކުއްލި ނުރައްކާގެ ހާލަތް މިހާރު އުވާލާފައިވުމާއި އަދި އާންމު ހާލަތަށް ބަދަލުވެފައިވާތީ، މާލެ ހުޅަނގު ދެކުނު ބަދަރުން ޙިދުމަތް ހޯދަމުންދާ ރަށްރަށުގެ ފެރީތަކަށް ކޮވިޑް19 އާއި ގުޅިގެން ދެވިފައިވާ ޚާއްޞަ އިންތިޒާމްތައް 2022 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން އުވާލެވޭނެ ވާހަކަ ޙިދުމަތް ލިބިގަންނަ ހުރިހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އެގޮތުން މާލެ ހުޅަނގު ދެކުނު ބަނދަރަށް ފެރީ ކައިރިކުރާ ވަގުތުން ފެށިގެން އުޅަނދުގެ ދިގުމިނުގެ މީޓަރަކަށް ގަޑިއަކު ނަގަމުން އަންނަ 1 ރުފިޔާގެ ބަދަލުގައި 2022 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ނަގަމުންދާނީ ކުރިންވެސް ނަގަމުން އައިގޮތަށް އުޅަނދުގެ ދިގުމިނުގެ މީޓަރަކަށް ގަޑިއަކު 10 ރުފިޔާ ކަމުގައި ދެންނެވީމެވެ.
10 އޮގަސްޓް 2022
ހޯދާ