މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ލޯގޯއެއް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން މިއަހަރު ލޯންޗުކުރުމަށް ހަމަޖެހިފައިވާ "ޓޫރިޒަމް ގްރީން އެވޯޑު" ގެ ލޯގޯއެއް ފަރުމާކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)88-IIHR/1/2014/21) ގެ އިޢުލާނު ބާޠިލުކޮށް، މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިމަސައްކަތާގުޅޭ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ޓާރމްސް އޮފް ރިފަރެންސް މިނިސްޓްރީއާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިމަސަތްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބިޑު ހުށަހެޅުއްވުމަކީ އެދެވިގެންވާ ކަމެކެވެ.

ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް ޓޫރިޒަމް

ހ. ވެލާނާގެ ، 5 ވަނަ ފަންގިފިލާ

އަމީރުއަޙުމަދުމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3224 332332، ފެކްސް 2512 332

މެއިލް: [email protected]

ވެބްސައިޓް: www.tourism.gov.mv

16 އޮކްޓޫބަރު 2014
ހޯދާ