ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ނ. ކެނދިކުޅުދޫ ޞިއްޙީމަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިހޮސްޕިޓަލުން ކުރި ނަންބަރު: NAH-A/2014/05ފ(22 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިޞިއްޙީމަރުކަޒު މަރާމާތުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް ނ.ކެނދިކުޅުދޫ ޞިއްޙީމަރުކަޒަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ނ.ކެނދިކުޅުދޫ ޞިއްޙީމަރުކަޒަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
22 ޛުލްޙިއްޖާ 1435