ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ގެ ފަރާތުން ހިންގާ ކޯސްތަކުގައި ބައިވެރިވުމާބެހޭ

c

&   

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ                           

              ފީއަލީ،                             ނަންބަރު: (IUL)370-CASA/370/2022/23

 ދިވެހިރާއްޖެ.

 

 

އިޢުލާން

 

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ގެ ފަރާތުން ހިންގާ ކޯސްތަކުގައި ބައިވެރިވުމާބެހޭ

 

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި ، ފީއަލީ ކައުންސިލް އިދާރާއާއި ގުޅިގެން މިއަހަރު ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 2022 އޯގަސް 10 ވަނަ ދުވަހުންފެށިގެން ވަނީ ހުޅުވާލެވިފައެވެ. މި ކޯސްތަށް ހިންގުމަށް ހަމަޖެހިފައިވަނީ މިރަށުގައެވެ. ކޯސްތަކާ ބެހޭ މައުލޫމާތު ތިރީގައި އެވަނީ.

01 – ފަޅުވެރިން ކޯސް ( ކޯހުގެފީ 1500.00 ރުފިޔާ ، މުއްދަތު 02 ދުވަސް 12 ގަޑިއިރު )

02 – މެރިންމެކޭނިކު ކޯސް ( ކޯހުގެފީ 2000.00 ރުފިޔާ ، މުއްދަތު 05 ދުވަސް 30 ގަޑިއިރު )

03 – ސެޓިފިކެޓް ލެވެލް 03 އިން ބިޒްނަސް އެންޑް މާކެޓިންގ ، ކޯހުގެފީ 6000.00 ރުފިޔާ ، މުއްދަތު 06 މަސް ދުވަސް.

04 – ސެޓިފިކެޓް ލެވެލް 03 އިން އިންފޮރމޭޝަން ޓެކްނޮލެޖީ ، ކޯހުގެފީ 6000.00 ރުފިޔާ ، މުއްދަތު 06 މަސްދުވަސް.

05 – ޑިޕޮލަމާއިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް- ދިވެހި ، ކޯހުގެފީ 18000.00 ރުފިޔާ ، މުއްދަތު 12 މަސްދުވަސް.

ވީމާ، މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 އޯގަސްޓް 10 ވަނަ ދުވަހުން ފެށިގެން 2022 އޯގަސްޓް 18 ވަނަ ދުވަހާ ދެމެދު މި އިދާރާގައި ނަން ނޯޓް ކުރެއްވުން އެދެމެވެ. އަދި ވައިބަރ މެދުވެރިކޮށްވެސް ބޭނުންފުޅުވާ ކޯހުގެ މައުލޫމާތާއެކު ފޮނުވުމުންވެސް ނޯޓް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މުޙައްމަދު ޖަލީލު ، ކައުންސިލްގެ ނާއިބު ރައީސް ފޯނު ނަންބަރު 9992798 ކަމުގައި ދަންނަވަމެވެ.  

12    A  1443 

10 އޯގަސްޓް 2022

 

                                           މުޙައްމަދު ޖަލީލް

                                      ( ކައުންސިލްގެ ނާއިބު ރައީސް )

10 އޮގަސްޓް 2022
ހޯދާ