ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ވަގުތީ)

މަޤާމު:

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ވަގުތީ) (މަޤާމުގެ ނަންބަރު: 252598)

މުއްދަތު:

01 އަހަރު

ބޭނުންވާ އަދަދު:       

01 (އެކެއް)

ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:            

4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,500.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ، އިކޮނޮމިކް،ސޯޝަލް އެންޑް މުނިޝިޕަލް ސަރވިސަސް

 

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ ތަޢުލީމާ، ތަޖުރިބާތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގަރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

ރަށުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމާއި، ޕްލޭނުގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ރަށުގެ ލޭންޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމާއި، އެ ޕްލޭނާ އެއްގޮތަށް ރަށުގެ ބިންތައް ބޭނުންކުރުމާ ބޭހޭ އެންމެހާ ކަންތައްތައް ހިންގުމާއި، ރަށާބެހޭ ތަފާސްހިސާބުތައް ހޯދައި ބެލެހެއްޓުމާއި، ރަށުގެ ބަނދަރާއި، މަގުތަކާބެހޭ ގަވާއިދުތައް ހިންގައި ބެލެހެއްޓުމާއި، ރަށުގެ ފެނާއި ނަރުދަމާގެ އެންމެހާ ކަންތައްތައް  ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  1. ލިބިފައިވާ ތައުލީމާއި، ތަޖުރިބާ
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ކެޔޮދޫ ކައުންސިލްގެ އިދާރާގައެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 15 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ވ. ކެޔޮދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

 

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓް ކޮށްފައިވާ)، ތަމްރީނުތައް ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަށް އެނގޭ)، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ސީވީ ތައްޔާރު ކުރަށްވާނީ ވަޒީފާއަށް އެދޭ ފޯމާއެކުގައިވާ ނަމޫނާއާ އެއްގޮތަށެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700601 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6700601 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

            

15 ޛުލްޙިއްޖާ  1435

09 އޮކްޓޫބަރު 2014
ހޯދާ