ދިވެހިރާއްޖެ
އިޢުލާން
"މުލީގައި ސާރފް ޝެކް ތަރައްޤީކުރުން"
މިކައުންސިލުން ދޭ ކުރެހުމާއި މައުލޫމާތާއި އެއްގޮތަށް މިއިދާރާއިން ދައްކާ ބިމުގައި ސާރފްޝެކެއް އެޅުމަށް ބޭނުންވެއެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ކުރެހުންތައް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް މައުލޫމާތު ދިނުން 2022 އޯގަސްޓް 18ވާ ބުރާސްފަތި ދުވަހު 13:00ގައި މި އިދާރާގައި އޮންނާނެއެވެ.
ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 އޯގަސްޓް 31ވާ ބުދަ ދުވަހު 13:00ގެ ކުރިން މި އިދާރާގެ އީ-މެއިލް [email protected] އަށް ކޯޓޭޝަން އަދި ހުށަހަޅަންޖެހޭ ލިޔުންތައް އީމެއިލްގެ ޒަރިއްޔާއިން ފޮނުއްވުން އެދެމެވެ. ނުވަތަ ސުންގަޑީގެ ކުރިން ކައުންސިލް އިދާރާއަށް ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުއްވޭނީ ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބާއެކު ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.