ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ވޭމަންޑޫ
ދިވެހިރާއްޖ
ނަންބަރު: (IUL)392-ADM/392/2022/31
އިޢުލާން
ތ.ވޭމަންޑޫ ޕްރީސްކޫލަށް ވޭޖު އުޞޫލުން ޓީޗަރަކު ހޯދުން
މަޤާމް: |
ޓީޗަރ (ވޭޖު އުޞޫލުން) |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 33.65 ރުފިޔާ |
ވަގުތު: |
ދުވާލަކު 4 ގަޑިއިރު 30 މިނިޓް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ތ.ވޭމަންޑޫ ޕްރީސްކޫލް / ތ.ވޭމަންޑޫ |
މަޤާމްގެ ޝަރުތު: |
1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 2 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން، ނުވަތަ 2- ޖީ.ސީ.އޯލެވެލް އިމްތިހާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު އޭގެ އިތުން ސެކަންޑަރީ ސެޓްފިކެޓް އިމްތިޚާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުން. 3- މަތީގައި ދަންނަވާފައިވާ 2 ޝަރުތު ތެރެއިން އެއްވެސް ޝަރުތެއް ފުރިހަމަވާ އެޕްލިކޭޝަނެއް ހުށަހަޅާފައި ނުވާނަމަ އެންމެ ރަގަޅު ނަތީޖާއާއި ތަޖުރިބާއަށް ބަލައި ޝަރުތު ހަމަވާ ކަމަށް ނިންމާނީއެވެ. |
މަޤާމްގެ މަސްއޫލިއްޔަތުތައް: |
1. ޕްރީސްކޫލުން ރާވާ ތާވަލަށާއި، ޕްރީސްކޫލްގެ މުޤައްރަރާއި އެއްގޮތަށް ދަރިވަރުންނަށް ކިޔަވައިދީ އެކިއެކި ހުނަރުތައް ދަސްކޮށް ދިނުން. 2- ކިޔަވައިދޭ ގަޑިތަކުގައި ޙަވާލުކުރެވޭ ކުލާހުގެ ދަރިވަރުން ފުރިހަމައަށް ބެލެހެއްޓުން. 3- ކުދިން ޝައުޤުވެރިވާ ފަދަ މާހައުލެއް ކްލާސްރޫމްތެރޭގައި ޤާޢިމު ކުރެއްވުމާއިއެކު ކިޔަވައި ދިނުން. 4- ކިޔަވައިދޭ ބައިތައް ޤަވާޢިދުން ވަޒަން ކުރުމާއެކު ރެކޯޑު ބެލެހެއްޓުން 5- ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް ޚިޔާލާއި މަޝްވަރާ ހޯއްދެއްވުން. 6. ކިޔަވައިދޭ ހުރިހާ ދަރިވަރުންނާމެދު ހަމަހަމަ އުސޫލުން ޢަމަލު ކުރެއްވުން. 7- ކުލާހުގެ ޙާޟިރީއާއި ކިޔަވައިދޭ ތަކެތީގެ ރެކޯޑް ދުވަހުން ދުވަހަށް ފުރިހަމަ ކުރެއްވުން. 8. އަހަރުތެރޭގައި އަންނަ ކުޑަކުދިންނާއިގުޅޭ އެކިއެކި ދުވަސްތައް ފާހަގަ ކުރުމުގައި ދަރިވަރުންގެ ކުޅިވަރުތައް ރާވައި ފަރިތަކޮށް ދިނުން. 9. ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ކުލާހުގައި ހިމެނޭނަމަ އެ ދަރިވަރުންނަށް ޚާއްޞަ އެހީތެރިކަށް ފޯރުކޮށް ދިނުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
1. ސިވިލް ސަރވިސް ކޮމިޝަނުން 2021 ( 3 ވަނަ އިސްލާހުގެ ) 12 ވަނަ ނަންބަރުގައި ޢަމަލުކުރަން ފައްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި، އައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ" ކްރައިޓީރިއާގައިވާ ގޮތުގެ މަތިން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މިމަޤާމަށް އެދެންވާނީ، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުންނެވެ. ފޯމް ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 21 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އެވެ. ފޯމް ހުށަހަޅާނީ ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާއަށެވެ. ފޯމާއާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ދުވަހެއް މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއު ކުރުމުގެ ދެދުވަސް ކުރިން އަންގާނެއެވެ. |
ޝޯޓް ލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10އަކަށްވުރެ އިތުރުވާނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް، 2. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ އައިޑީކާޑްގެ ދެފުށުގެ ސާފު ކޮޕީ 3. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ) |
އިތުރު މަޢުލޫމާތު ހޯދުމަށް: |
މިއިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6780083 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ. |
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
11 މުޙައްރަމް 1444
08 އޮގަސްޓް 2022