މަޤާމު
|
މަސައްކަތު
|
ރޭންކް.
|
އެސް.އެސް 1
|
ކްލެސިފިކޭޝަން.
|
ސަޕޯރޓްސްޓާފް ގްރޭޑް 1
|
މަޤާމުގެ ގިންތި
|
ދާއިމީ
|
ސަރވިސް
|
ސަޕޯރޓް ސަރވިސް
|
އޮފީސް /ސެކްޝަން:
|
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ/އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
|
މަސައްކަތްކުރަންޖެހޭތަން
|
މިސްކިތްތަކުގައި
|
މުސާރަ.
|
3100.00 ރ.
|
ސަރވިސްއެލަވަންސް.
|
1000.00 ރ.
|
ބޭނުންވާ އަދަދު.
|
01
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުން. ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ މަޤާމެއްގައި (މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި) 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް.
|
- ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓްކުރިން މިސްކިތަށް ހާޒިރުވެ މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރުން.
- ކޮންމެ ނަމާދުވަގުތަކަށް މިސްކިތުގެ އެތެރެ ފޮޅާ ސާފުކުރުން.
- މިސްކިތުގެ ފާޚާނާތަކާއި ވުޟޫ ކުރާ އިސްކުރުބަރި ސާފުކޮށް ބެހެއްޓުން
- މިސްކިތުގައި ހަރުކޮށްފައިވާ ފަންކާތައް ހަފްތާއަކު 1 ފަހަރު ފޮޅައި ސާފުކުރުން.
- މިސްކިތުގެ ދޮރާއި ދޮރުފަތްތައް ހަފްތާއަކު 1 ފަހަރު ފޮޅާ ސާފުކުރުން.
- ކޮންމެ ނަމާދުވަގުތަކަށް މިސްކިތުގެ ކުޑަދޮރުތައް ހުޅުވުމާއި، ނަމާދުކޮށް ނިމުމުން ކުޑަދޮރުތައް ލެއްޕުން.
- ޢިޝާނަމާދު ކޮށްގެން މިސްކިތް ލައްޕާއިރު، މިސްކިތުގެ ހުރިހާ ފަންކާ ތަކާއި، އެއްލައިޓް ފިޔަވާ ހުރިހާ ލައިޓްތައް ނިއްވުން.
- މިސްކިތުގައި ޖަހާފައި ހުންނަ ފަންކާ އަޅުކަން ކުރަން ތިބޭ މީހުންގެ ނިސްބަތައް ބަލައި ނިއްވުން.
- މިސްކިތުގެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މިސްކިތް ފޮޅައި ސާފުކުރުމަށް ބޭނުންވާ ސާމާނާއި، މިސްކިތަށް ބޭނުންވާ އެހެނިހެން ސާމާނު އިމާމް މެދުވެރިކޮށް ކައުންސިލް އިދާރާއިން ހޯދުން.
- ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓްކުރިން މިސްކިތަށް ހާޒިރުވުމާއި، ޖަމާޢަތުގައި ނަމާދުކޮށްނިމިގެން 15 މިނެޓް ވަންދެން މިސްކިތުގައި މަޑުކުރުން.
- މިސްކީތުގެ ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
- މިސްކިތާ ގުޅިފައިވާ މަގުތަކާއި ގޯޅިތައް ސާފުކުރުން (މަގުގެ އަނެއް ފަރާތުގައި ހުސްބިން އޮތްނަމަ މުޅިމަގު ސާފުކުރަން ވާނެއެވެ. ސަރުކާރުގެ ޢިމާރާތެއް ނުވަތަ ގޯއްޗެއް އޮތްތަނަމަ މަގުގެ ދެބައިކުޅައެއްބައި ސާފުކުރަން ވާނެއެވެ.)
- މަތީގައިވާ ކަންތައްތައް ފިޔަވައި މިސްކިތާ ގުޅުންހުރި ކަންތައްތަކުގައި ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭނެ ކަންތައްތައް.
|
- ތަޢުލީމާއި، ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރު އަދި ޤާބިލުކަމާއި ސިފަތައް
|
އިންޓަވިއު އަދި ޕްރެކްޓކަލްސް އޮންނާނެ ތަނާއި މުއްދަތު
|
- މި މަޤާމަށް މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
- އިންޓަވިއުއަށް ހާޒިރުވާނީ ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި، ލިޔުންތަކުގެ އަސްލު ހިފައިގެންނެވެ.
|
މަޤާމާށް އެދެންވީ ގޮތާއި ސުންގަޑި
|
2014 އޮކްޓޫބަރު 21 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާއަށް
|
އުޖޫރައާއި އިނާޔަތްތައް.
|
- އިތުރުގަޑީގެ މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- ސިވިލް ސަރވިސް މުވައްޒަފުންނަށް ދިނުމަށް ސިވިލް ސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި، ޢިނާޔަތްތައް ދެވޭނެއެވެ.
- ސިވިލް ސަރވިސް މުވައްޒަފުންނާއި ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއާއި، މުސާރައިގެ ކުރިއެރުން ލިބިދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ)
- ވަޒީފާއަށް އެދޭ ފަރާތައް ލިބިފައިވާ ތަޢުލީމާއި، ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކުރާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820019 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ ވެސް 6820019 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެންނެވުމުން ވެސް އެ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
|