ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ޢިމާރާތްކުރި ރަށްވެހިގެ މަރާމާތުކުރުން.

މި އިޢުލާންވަނީ 09 އޮގަސްޓް 2022 13:03 ގައި ބާތިލް ކުރެވިފައެވެ.


           އަލަށް ޢިމާރާތްކޮށްފައިވާ ރަށްވެހިގޭގެ ތިރީގައި މދަންނަވާ މަސައްކަތްތައް މަރާމާތު ކުރުމަށް ބޭނުންވެއްޖެއެވެ.

  • ·        ރަށްވެހިގެ ބޭރު ވޭލްތައް ބަދަލުކުރުން.
  • ·        ރަށްވެހިގެ ފާޙާނާތަކުގެ ޑްރެއިންތައް ބަދަލުކުރުން.
  • ·        ޒިންކް ރަނގަޅުކުރުން (ހޮޅި އަދި ތަށީގެ އެތެރެބައި)
  • ·        ބޭރު ޖަންގްޝަން ރަނގަޅުކުރުން.
  • ·        ފެންމޯޓަރ ބަދަލުކުރުން (ހިޓާޖީ 200 ގެ ޓޭންކް ނުހުންނަ މޯޓަރ)
  • ·        ރަށްވެހިގެ ދެފަޅީގެ ފުރާޅުގެ ދިޔަދޮވިހޮޅި ފެންތާންގީތަކާއި ގުޅުން

           ވީމާ، މިމަސއްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭން ޝަޢުޤު ވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 16 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           އަންދާސީ ހިސާބު ހުށަހެޅޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮންނަން ވާނެއެވެ. އިތުރު މަޢުލޫމާުތު ހޯއްދެވުމަށް މި އިދާރާގެ 6520047 ފޯނު ނަންބަރާއި ގުޅުއްވުން އެދެމެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    

09 އޮގަސްޓް 2022
ހޯދާ