ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އަރަބި މުދައްރިސް

މަޤާމު

އަރަބި މުދައްރިސް

ބޭނުންވާ އަދަދު

1

 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

- ކަނޑައެޅިފައިވާ ޓައިމްޓޭބަލާ އެއްގޮތްވާ ގޮތުގެމަތިން ކުލާސްތަކުގައި ކިޔަވައިދިނުން.

- އިސްލާމް ކްލަބްގެ ޙަރަކާތްތައް ރާވައި ހިންގުމާއި އެކިއެކި މުބާރާތްތަކަށް ދަރިވަރުން ތައްޔާރު ކުރުން.

ކުލެސިފިކޭޝަން އަދި ރޭންކް :

ޓީ.އެސް.އޯ 1 އިން 11 އަށް. ޖީ.އެސް 4 އިން ފެށިގެން އީ.އެކްސް 6 އާ ހަމައަށް 

މަސައްކަތްކުރަންޖެހޭ އޮފީސް

ނޫރާނީ ސްކޫލް

ރަށް

ހިތަދޫ /  އައްޑޫސިޓީ

1. ދާއިމީ މަޤާމުގެ ޝަރުޠު:

މި މަޤާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅުންގެ މަޤާމު ހަމަޖައްސާނީ ތިރީގައިމިވާ ގޮތަށް އެބޭފުޅަކަށް ލިބިލައްވާފައިވާ ސެޓުފިކެޓެއްގެ ލެވެލްއަށް ބަލައިގެންނެވެ.

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޓްރެއިންޑް ޓީޗަރ

GS4

ޓީޗިންގ ސަރވިސް އޮފިސަރ 1

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/5020

-/2500

ޓްރެއިންޑް ޓީޗަރ

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/5610

-/2500

ގްރެޖުއޭޓް ޓީޗަރ

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-/6295

-/2500

ކޮލިފައިޑް ޓީޗަރ

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7035

-/2500

ކޮލިފައިޑް ޓީޗަރ

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ އިތުރު ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ( ލެވެލް 7 ގެ ސަނަދެއް ނެތި )، ކިޔަވައިދިނުމުގެ ރޮނގުން ދިވަހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7875

-/2500

ކޮލިފައިޑް ޓީޗަރ

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގައި ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

8835/-

2500/-

ކޮލިފައިޑް ޓީޗަރ

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

-ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފާވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/9890

-/2500

ސީނިއަރ ޓީޗަރ

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

-ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/11,065

-/2500

 

ސީނިއަރ ޓިޗަރ

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/12,400

-/2500

ސީނިއަރ ޓިޗަރ

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/13890

-/2500

ސީނިއަރ ޓިޗަރ

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

- ޓީޗިންގ ސަރވިސް އޮފިސަރ 10ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/15,560

-/2500

- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން

އިންޓަވިއު ކުރުން

* މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ ނޮވެންބަރު މަހުގެ 16 އިން 19 އާ ދެމެދުގެ ތާރީޚެއްގައި، ސްކޫލުގައެވެ.

* އިންޓަވިއުއަށް ހާޒިރުވާއިރު ތަޢުލީމީ ސެޓުފިކެޓުތަކާއި ހުށަހަޅުއްވާފައިވާ އެހެނިހެން ލިޔުންތަކުގެ އަސްލު ހުށަހަޅުއްވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

* ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ފޯމު ސްކޫލުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ. )

* ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

* ސަރުކާރުގެ ވަޒީފާގައި ހުރި ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

* ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ސްކޫލަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15.00 ގެ ކުރިންނެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު: 5917 688 ފޯނާ ގުޅުއްވުން އެދެމެވެ.

09 އޮކްޓޫބަރު 2014
ހޯދާ