މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބަނދަރު ސަރަހައްދަށް ނުކުންނަ މަގުތައް ސާފުކުރުމާއި ގުޅޭ

އިޢުލާން

ރަށުގެ ބަނދަރު ސަރަހައްދަށް ނުކުންނަ މަގުތައް ސާފުކުރުމާއި ގުޅޭ

ރަށުގެ ބަނދަރު ސަރަހައްދަށް ނިކުތުމަށް ބޭނުންވާ މަގުތަކުގައިވާ އަމިއްލަ ފަރާތްތަކުގެ ރުއްގަސް ނެގުމަށް ކައުންސިލްގެ ނަންބަރު CN-305/2022/63 ނިންމުމުން ފާސްކޮށްފައިވާތީ، ތިރީގައި މިދަންނަވާ މަގުތަކަށް އަރާ ރުއްގަސްތައް މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ނަގާ ސާފުކުރުމަށް ދަންނަވަމެވެ. މިމުއްދަތު ހަމަވާއިރު ނުނަގާހުރި ރުއްގަސް މިކައުންސިލްގެ ބެލުމުގެ ދަށުން ނަގާނެވާހަކަ ދަންނަވަމެވެ.  މުއްދަތު ހަމަވުމަށްފަހު ނުނަގާ ހުންނަ ތަކެތި ނެގުމުގައި ލިބޭ ގެއްލުމުގެ ޒިންމާ ކައުންސިލުން ނުނަގާނެ ވާހަކަ ދަންނަވަމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

  1. ސީސަންގެ އެވެ ކިޔާ ގޯތީގެ ހުޅަނގު މަގު
  2. ބީޗްރެސްޓް އެވެ ކިޔާ ގޯތީގެ އިރުމަތި މަގު
  3. އަސްރަފީހިޔާ އެވެ ކިޔާ ގޯތީގެ ހުޅަނގު މަގު
  4. ކެތި އެވެ ކިޔާ ގޯތީގެ ހުޅަނގު މަގު
  5. އޯޝަންވެލީ އެވެ ކިޔާ ގޯތީގެ ހުޅަނގު މަގު

          ވީމާ،  މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 މުޙައްރަމްޙާޙ 1444

07 އޮގަސްޓް 2022
ހޯދާ