ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)

މަޤާމް:         އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:      01 (އެކެއް)

މުސާރަ:         -/6,185 ރުފިޔާ

ލިވިންގ އެލަވަންސް:     -/3,000 ރުފިޔާ

ރިސްކް އެލަވަންސް:      -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:   މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  • އޮފީހުގެ އެކި ސެކްޝަންތަކުންނާއި، ގޮފިތަކުންނާއި ޕްރޮޖެކްޓްތަކަށް ބޭނުންވެގެން ހޯދަންޖެހޭ ނުވަތަ ގަންނަންޖެހޭ ތަކެތި މާލިއްޔަތު ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަކަށް ކަނޑައެޅޭ މުއްދަތުގައި ހޯދުން.
  • ޕްރޮކިއުމަންޓް ޔުނިޓަށް ލިބޭ ސިޓީ، މެމޯ، މެއިލް ފަދަ ލިޔުންތަކަށް ޖަވާބުދާރީވުން.
  • އޮފީހުން ގަންނަންޖެހޭ ތަކެތި ގަތުމަށާއި ހޯދަންޖެހޭ ހިދުމަތްތަކުގެ އަގުބެލުމާއި އަގުބެލި ފޯމް ހެދުމާއި ހޯދަންޖެހޭ ހުއްދަ ހޯދުން.
  • ސެޕް ސިސްޓަމްއިން ޚިދުމަތްތަކުގެ ޕާޗޭސް އޯޑަރ ތައްޔާރުކުރުން.
  • އޮފީހުގެ އެކި ޑިޕަރޓްމަންޓާއި ސެކްޝަންތަކުން އެދިގެން ހޯދާ ޚިދުމަތްތަކުގެ އެއްބަސްވުން ތައްޔާރުކުރުމާއި، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ބެލެން.
  •  އޮފީސް ތަމްޘީލް ކުރުމަށްޓަކައި ރާއްޖެތެރެއާއި ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  • އޮފީހުން ބާއްވާ ސެމިނާރ، ވޯކްޝޮޕް ތަކާއި، ފަންކްޝަންސް، އިވެންޓްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • ސެކްޝަންގެ އިސްވެރިޔާގެ ލަފާގެ މަތިން ޕްރޮކިއުމަންޓް ޕްލޭން ހެދުމަށް ބޭނުންވާ މައުލޫމާތުތައް ސެކްޝަންތަކުންނާއި ގޮފިތަކުން ހޯދުން.
  • ޕްރޮކިއުމަންޓް ސެކްޝަންގެ ޑޭޓާ ޝީޓްތައް އަޕްޓޭޑްކޮށް ބެލެހެއްޓުމާއި، ފައިލްކުރުން.
  • މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު: ލަންޑަން ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 20 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 16 އޮގަސްޓު 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

ނޯޓް:

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއޮފީހުގެ ކައުންޓަރުން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށެވެ.

2- މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.

3- މ މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 31-21 އޮގަސްޓު 2022 ދެމެދު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓް www.pgoffice.gov.mv  އިން ލިބެންހުންނާނެއެވެ.)

2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

10 މުޙައްރަމް 1444

 

08 އޮގަސްޓް 2022
ހޯދާ