ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރައާއި ޢިނާޔަތްތައް:

  1. މުސާރަ: މަހަކު -/4465 ރުފިޔާ
  2. ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
  3. އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ މަތީން ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ

މަސައްކަތް ހަމަޖެހިފައިވާ ތަން:

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ/ މާލެ

ސެކްޝަން/ ޔުނިޓް

އިދާރީ (ހިއުމަންރިސޯސް)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ކުއްލިއްޔާގެ މަޤާމުތަކަށް ބޭނުންވާ ދާއިމީ، ވަގުތީ އަދި ވޮލަންޓިޔަރުންގެ ގޮތުގައި ހޯދަންޖެހޭ މީހުން ހޯދުމާއި، ބަދަލުކުރުމާއި، ވަކިކުރުމާއި، މުވައްޒަފުން ވީއްލުމުގެ ކަންތައްތަކާއި، ރިޑަންޑަންސީ އަދި ވަޒީފާއާބެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

2. ކުއްލިއްޔާގެ އިދާރީ އޮނިގަނޑު ތައްޔާރުކުރުމާއި، އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމުގައި ސުޕަރވައިޒަރަށް އެހީތެރިވިދުނުން.

3. ސެކްޝަންގެ ޔައުމިއްޔާ ލިޔެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، އަހަރީ ބަޖެޓް، އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ކަނޑައެޅިފައިވާ މުއްދަތަށް ދޭންޖެހޭ ފަރާތްތަކަށް

4. މުވައްޒަފުންގެ ވެލްފެއަރއާ ބެހޭ ކަންތައްތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.

5. ކުއްލިއްޔާގެ މުވައްޒަފުން ވަޒީފާއާ ބެހޭގޮތުން ހުށަހަޅާ ގުޅުންހުރި މައްސަލަތައް ބަލައި ވައިސްރެކްޓަރ އެޑްމިންގެ ލަފަޔާއެކު ޖަވާބު ދިނުން.

6. ކުއްލިއްޔާގެ ބޭނުމަށް ރާއްޖެއަށް ގެންނަ ބިދޭސީ މުވައްޒަފުންގެ ވިސާ، ވާރކްޕާމިޓް ހެއްދުމުގެ އެންމެހައި ކަންތައްތައް ކުރުމާއެކު ރިކޯޑު ބެލެހެއްޓުން.

7. ހަވާލުކުރޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން

8. ކުއްލިއްޔާގެ މަސައްކަތުގެ ތެރެއިން ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތް ކުރުން

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، އިންޓަވިއު، ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު، ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ކުއްލިއްޔާގެ އިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ދޫކުރެވޭ ނަމޫނާއާ އެއްގޮތަށް.

ވަޒީފާއަށް އެދޭ ފޯމު ފޮނުއްވަންވީ ތާރީޚު:

22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާއަށް

އިންޓަވިއު އޮންނަ ތަން:

ކުއްލިއްޔާގެ މީޓިންގ ރޫމުގައެވެ.

އިންޓަވިއު ބޭއްވޭނެ މުއްދަތު:

26 ނޮވެންބަރު 2014 ން 30 ނޮވެންބަރު 2014 އަށް

ޝޯޓްލިސްޓު ކުރުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 ފަރާތަށްވުރެ އިތުރުވާ ކަމުގައިވަނީނަމަ، ތަޢުލީމާއި ތަމްރީނު އަދި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެކަނި ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

ސާފުކުރެއްވުމަށް ކުއްލިއްޔާގެ ނަންބަރު 3321295 އަށް ގުޅުއްވުން އެދެމެވެ.

19 ޛުލްޙިއްޖާ  1435

13 އޮކްޓޫބަރު 2014
ހޯދާ