ދިވެހިރާއްޖެ
ނަންބަރު:(IUL)345-MS/345/2022/66
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު: |
މި އިދާރާގެ ނަންބަރު (IUL)345-MS/345/2022/56 އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ، އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
އއ.މާޅޮހު މެޖިސްޓްރޭޓް ކޯޓްގެ އައު އިމާރާތުގެ މަސައްކަތް
އއ. މާޅޮހު މެޖިސްޓްރޭޓް ކޯޓްގެ އައު އިމާރާތް އެޅުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ބިޑް ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ.
- މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- އަދި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ، "ނެޝެނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ" ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި މަސައްކަތައް އެފަރާތަކުން ހުށަހަޅާ އަގުގެ މަސައްކަތް ކުރެވޭ ކެޓަގަރީގެ ފަރާތަކަށް ވާންވާނެއެވެ. އަންދާސީހިސާބާއެކު "ނެޝެނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ" ގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- އަދި އަންދާސީހިސާބު ހުށަހަޅާ ފަރާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީ ކުރެވިފައިވާންވާނެއެވެ. ހުށަހަޅާ އަންދާސީހިސާބުގައި ޖީ.އެސް.ޓީ ވަކިން އެނގޭގޮތަށް ހިމަނަންވާނެއެވެ. އަންދާސީ ހިސާބާއެކު ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. ޖީއެސްޓީއަށް ރަޖިސްޓްރީ ނުކުރާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބެއް ބަލައެއް ނުގަނެވޭނެއެވެ.
- މީރާއިން ދޫކުރާ ޓެކްސް ކުލިއަރެންސް ރިޕޯޓު ހުށަހަޅަންވާނެއެވެ. (ދޫކުރިފަހުން 03 މަސް ހަމަނުވާ)
- މަސައްކަތަށް ބޭނުންވާ ފައިނޭންސް، އަދި މުދާ ލިބެން ހުރިކަމުގެ ލިޔުންތައް ހުށަހަޅަންވާނެއެވެ. (ބިޑް ހުޅުވާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހަށްވުރެ ގިނަ ދުވަސްނުވާ، ބިޑް ހުށަހަޅާ ފަރާތުގެ ބޭންކް ސްޓޭޓްމަންޓް، އަދި ކްރެޓިޑް ފެސިލިޓީސް ލިބެން ހުރިކަމުގެ މުއްދަތު ހަމަ ނުވާ ލިޔުން).
- މަސައްކަތުގެ ޖުމްލައަގުގެ 0.05 އިންސައްތައިގެ ގެ ބިޑް ސެކިއުރިޓީއެއް، އަންދާސީހިސާބާކެއު ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ވާންވާނީ ދިވެހިރާއްޖޭގެ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިސްޓިޓިއުޓު (ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ) އަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީއަކަށެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހެވެ.
- އަގުހުށަހަޅަންވާނީ ސައިޓް މިހާރުއޮތް ހާލަތާއި، ދީފައިވާ ކުރެހުންތަކާއި، މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބް ހުށަހަޅާ ފޯމާއި، ބީ.އޯ.ކިއުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
- މިމަސައްކަތް ހަވާލުކުރުމުގައި ސަރަހައްދުގެ ބީލަންވެރިންނަށް އިސްކަންދިނުމުގެ ޢުޞޫލަށް ޢަމަލުކުރެވޭނެއެވެ. (މާލިއްޔަތު ޤަވާއިދުގެ 10.77ވަނަ މާއްދާ)
- މިމަސއްކަތާ ގުޅޭ އެންމެހޭ މަޢުލޫމާތު ސާފުކުރުމަކީ އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑް ރަޖިސްޓަރީކުރުމަށް ކަނޑައެޅިފައިވާ ފޯމް ފުރިހަމަކުރުމަށްފަހު، ބިޑް ރަޖިސްޓްރީގެ ގޮތުގައި -/500ރ(ފައްސަތޭކަ ރުފިޔާ) ގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ ދެއްކުމަށްފަހު، ފައިސާދެއްކި ސްލިޕް އަދި ބިޑް ރަޖިސްޓްރޭޝަން ފޯމް 15 އޮގަސްޓް 2022 ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ [email protected] އަށް މެއިލްކުރައްވައިގެން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް (ސޮޕްޓް ކޮޕީ) ބީލަން ރަޖިސްޓްރީކުރާ ފަރާތުގެ އީމެއިލް އެޑްރެހަށް ފޮނުވައިދެވޭނެއެވެ.
މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 18 އޮގަސްޓް 2022 ބުރާސްފަތި ދުވަހުގެ ދުވަހުގެ 10:30 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 އޮގަސްޓް 2022 ހޯމަ ދުވަހުގެ 10:30ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ. ބަދަލުގައި ފޮނުވާނަމަ ޕަވަރ އޮފް އެޓަރނިޓީ ހުށަހަޅަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ، މަޢުލޫމާތު ޝީޓާ އެޓޭޗްކުރެވިފައިވާ އަންދާސީހިސާބު ހުށަހާ ފޯމާއި ބީއޯކިއު ފުރިހަމަ ކުރުމަށްފަހު އެ ތަކެއްޗާއެކުގައެވެ. އަގުހުށަހަޅާ ފޯމާއި ބީއޯކިއު ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. ބީއޯކިއު ފުރިހަމަ ވީކަމަށް ބަލާނީ ޝަމަރީ ޝީޓް ފުރިހަމަކޮށް، އަގު ހުށަހަޅުމަށް ބީއޯކިއުގައިވާ ހުރިހާކަމަކަށް އަގުޖަހާފައިވުން ނުވަތަ ބީއޯކިއުގައިވާ ކަމަކަށް އަގުހުށަހަޅަން ބޭނުން ނުވާނަމަ އެދިމާލެއްގައި ޑޭސް ޖެހުމަށްފަހު، ބީއޯކިއު ފުރިހަމަ ކުރުމަށްފަހުގައެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.