ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސް.ޓީ.އޯ ބ. އޭދަފުށި ފިހާރައަށް ގެންދެވޭ މުދާ، ބޯޓުތަކުން ބާލައިގެން، އެސްޓީއޯ ބ. އޭދަފުށި ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސް.ޓީ.އޯ ބ. އޭދަފުށި ފިހާރައަށް ގެންދެވޭ މުދާ، ބޯޓުތަކުން ބާލައިގެން، އެސްޓީއޯ ބ. އޭދަފުށި ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. 

މަސައްކަތުގެވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ.

ރަޖިސްޓަރީކުރުން:    ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2022 އޯގަސްޓް 14، ވަނަ ދުވަހު 1000 ގެ ކުރިން އީމެއިލް މެދުވެރިކޮށް،  [email protected] އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުވައި ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

  • މި މަސައްކަތުގެ އިޢުލާން ނަންބަރު:
  • ކުންފުނި/ ވިޔަފާރީގެ ނަން:
  • ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:
  • އީމެއިލް އެޑްރެސް:

ނޯޓް: ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

ބީލަންކަރުދާސްދޫކުރުން:  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2022 އޯގަސްޓް 14، ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2022 އޯގަސްޓް 15 ވަނަ ދުވަހު 1000 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ބ. އޭދަފުށި ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2022 އޯގަސްޓް 16، ވަނަ ދުވަހުގެ 1000 ގެ ކުރިން [email protected] އީމެއިލް އަށް ފޮނުވަންވާނެއެވެ. އަދި 2022 އޯގަސްޓް 17، ވަނަ  ދުވަސް ނިމުމުގެ ކުރިން އީމެއިލުން ޖަވާބުދާރީ ވެވޭނެއެވެ. 

ބީލަން ހުށައެޅުން:ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2022 އޯގަސްޓް 22، ވަނަ ދުވަހު 1000 އެވެ. ބީލަން ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް އެސްޓީއޯގެ [email protected] އީމެއިލް އަށެވެ. ބީލަން ހުށައެޅުމުގެ ސުންގަޑީގެ ފަހުން ލިބިފައިވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު: 3344262

އީމެއިލް:[email protected]

 

07 އޮގަސްޓް 2022
ހޯދާ