ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްގަސް ކުއްޔައްދޫކުރުމާއިގުޅޭ

ވަންދޫ ރައްޔިތުންގެ ރުއްގަސް ކުއްޔައްދޫކުރުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު  IUL 388-PRO/388/2020/48 (8 ޖުލައި 2020) އިޢުލާން ބާތިލްކޮށް އިއުލާނުކުރަމެވެ.

ވަންދޫ ރައްޔިތުންގެ 207 (ދުވިސައްތަ ހަތެއް) ރުއް ސިޓީލާ ނީލަމުގައި ކުއްޔަށް ދިނުމަށް އާއްމުކޮށް އިޢުލާން ކުރަމެވެ. ވީމާ، ވަންދޫ ރައްޔިތުންގެ ރުއްގަސް ކުއްޔަށްނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން އަގުހުށަހެޅުއްވުން އެދެމެވެ. އަދި ވަންދޫ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ރުއް އިންދުމަކީ ކުއްޔައްނަގާ ފަރާތުގެ ޒިންމާއެކެވެ. މިއިއުލާނާއިއެކު ވަންދޫ ރައްޔިތުންގެ ރުއްގަހުގެ ދަފްތަރު އާއްމުކުރެވިފައިވާނޭކަމުގައި ދެންނެވީމެވެ.

  1. ހުށަހެޅޭނޭ އެންމެ ކުޑަ އަގަކީ 1500.00 (ފަނަރަސަތޭކަ) ރުފިޔާއެވެ.
  2. ކުއްޔައްދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރުދުވަހެވެ.
  3. އަގު ހުށަހެޅުމުގައި އެއިރެއްގައި އޮންނަ އެންމެ މަތީއަގަށް އިތުރުކުރެވޭނެ އެންމެ ދަށް އަގަކީ ފަހަރަކު -/200 ( ދުވިސައްތަ ) ރުފިޔާއެވެ.
  4. އަގު ހުށަހެޅޭނީ ރަސްމީ ދުވަހުގެ ހެނދުނު 10:15 ން ފެށިގެން މެންދުރު 13:00 އާއި ދެމެދުގައެވެ. ކޮންމެ ދުވަހަކުވެސް އޮންނަ އެންމެ މަތީއަގު އެދުވަހުގެ 13:30 ގައި އިދާރާގެ ނޯޓިސްބޯޑުގައި އާއްމު ކުރެވޭނެއެވެ. އަދި ޖެހިގެންއަންނަ ދުވަހުވެސް އެގަޑީގައި އިތުރު އަގު ލިބިއްޖެނަމަ އިޢުލާންކުރެވޭނެއެވެ. އިޢުލާންކުރާއިރު އަގު ހުށަހެޅި ގަޑި އެނގެން އޮންނާނެއެވެ. ކޮންމެ ދުވަހަކުވެސް އަގުތައް ލިބޭވަރަކުން އާއްމުކުރަމުން ގެންދެވޭނެއެވެ. އަދި މުއްދަތުން ބާކީ އޮތް ދުވަސްވެސް އާއްމުކުރެވޭނެއެވެ.
  5. ބީލަމުގެ މުއްދަތަކީ 14 އޯގަސްޓް 2022 ވަނަ ދުވަހުން ފެށިގެން 18 އޯގަސްޓް 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
  6. އަގު ހުށަހަޅުއްވާ ލިޔުމުގައި ވަންދޫ ރައްޔިތުންގެ ރުއްގަސް ކުއްޔައްހިފުމުގެ އަގު އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް، އަދި އައިޑީކާޑް ނަންބަރު  ހިމަނަންވާނެއެވެ.  
  7. އަގު ހުށަހަޅުއްވާނީ ޢީމެއިލް ޒަރިއްޔާއިން ނުވަތަ ކައުންސިލްގެ އިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް އަގުހުށަހަޅުއްވާނީ [email protected] އަށްށެވެ.
  8. ވިދިވިދިގެން 3 ދުވަހު ( 72 ގަޑިއިރު ) އެއް އަގެއް އޮވެއްޖެނަމަ އެފަރާތަކަށް ބީލަން ކާމިޔާބުވީއެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

07 އޮގަސްޓް 2022
ހޯދާ