ދިވެހިރާއްޖެ
މި މަޤާމަށް ކުރިން ކުރެވުނު އިޢުލާނު ނަންބަރު: 31/2014/I/HR-170 ގެ ޝަރުޠު އިޞްލާޙު ކުރުމަށް ބާޠިލު ކުރުމަށްފަހު އެ މަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުޞަޠު ހުޅުވާލަމެވެ.
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު |
1 (އެކެއް) |
ރޭންކް: |
ޖީ.އެސް 3 |
ކްލެސިފިކޭޝަން: |
އޮފިސަރ ގުރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މުސާރައާއި ޢިނާޔަތްތައް: |
|
މަޤާމު އޮތް އޮފީސް |
ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ |
މަސައްކަތް ހަމަޖެހިފައިވާ ތަން: |
ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ/ މާލެ |
ސެކްޝަން/ ޔުނިޓް |
އިދާރީ (ރިޝެޕްޝަން) |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. ކުއްލިއްޔާއަށް ތަފާތު ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ޖަވާބު ދާރީވުން. |
2. ކުއްލިއްޔާއަށް އެކި ފަރާތްތަކުން ފޮނުވައި ލިބޭ ސިޓީ ފަދަތަކެތި ބަލައިގެނެ އެ ތަކެތި ރައްދުކުރަން ޖެހޭ ފަރާތްތަކަށް ރައްދުކުރުން. |
|
3. ކުއްލިއްޔާއިން ވިއްކަން ހުންނަ ފޮތްތަކުގެ ސްޓޮކު ބަލަހައްޓައި އެފޮތްތައް ގަންނަން އަންނަ ފަރާތްތަކަށް އެފޮތްތައް ވިއްކުން. |
|
4. ކުއްލިއްޔާއިން ޝާއިޢު ކުރާ ފޮތްތައް ހުސްވުމުގެ ކުރިން ޗާޕުކުރަން ޖެހޭ ފޮތްތައް ޗާޕުކުރަން ކުރަންޖެހޭ މަސައްކަތް އެކަމާބެހޭ މުވައްޒަފަކާ ގުޅިގެން ކުރުން. |
|
5. ރިސެޕްޝަނުން ޚިދުމަތް ހޯދުމަށް އަންނަ ދަރިވަރުންނަށް ޖަވާބުދާރީވުން. |
|
6. މަސައްކަތް އިތުރަށް ފުރިހަމަ ކުރެވޭނޭ ޒަމާނީ އާ ގޮތްތަކާއި ވަސީލަތްތައް ހޯދައި ބޭނުންކުރުން. |
|
7. ކުއްލިއްޔާއަށް ލިބޭ / ފޮނުވޭ ތަކެތީގެ ސިއްރު ހިފެހެއްޓުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން. |
|
8. ހަވާލުކުރޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން |
|
9. ކުއްލިއްޔާގެ މަސައްކަތުގެ ތެރެއިން ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތް ކުރުން |
|
މަޤާމުގެ ޝަރުޠުތައް: |
1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، އިންޓަވިއު، ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު، ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ހުށަހަޅަންޖެހޭ ތަކެތި:
|
|
ވަޒީފާއަށް އެދޭ ފޯމު ފޮނުއްވަންވީ ތާރީޚު: |
22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާ އަށް |
އިންޓަވިއު އޮންނަ ތަން: |
ކުއްލިއްޔާގެ މީޓިންގ ރޫމް ގައެވެ. |
އިންޓަވިއު ބޭއްވޭނެ މުއްދަތު: |
26 ނޮވެންބަރު 2014 ން 30 ނޮވެންބަރު 2014 އަށް |
ޝޯޓްލިސްޓު ކުރުން |
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 ފަރާތަށްވުރެ އިތުރުވާ ކަމުގައިވަނީނަމަ، ތަޢުލީމާއި ތަމްރީނު އަދި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާ އެކަނި ކަމުގައި ދަންނަވަމެވެ. |
އިތުރު މަޢުލޫމާތު |
ސާފުކުރެއްވުމަށް ކުއްލިއްޔާގެ ނަންބަރު 3321295 އަށް ގުޅުއްވުން އެދެމެވެ. |
19 ޛުލްޙިއްޖާ 1435