ދިވެހިރާއްޖެ
އިޢުލާން
ގދ.ތިނަދޫ ދަޑެކޮޑޭ ސަރަހައްދު P-18 ނަންބަރު ޕާރކުގެ ރާނަންޖެހޭ ފާރުތައް ރޭނުމުގެ މަސައްކަތްކަތް ކުރާނޭފަރާތެއް ހޯދުމަށް؛
ގދ.ތިނަދޫގައި ދަޑެކޮޑޭ ސަރަހައްދު P-18 ނަންބަރުގެ ޕާރކުގެ ރާނަންޖެހޭ ފާރުތައް ރޭނުމުގެ މަސައްކަތް ކުރުމަށް ކުރިން ކުރެވުނު އިޢުލާން (IUL)415/415/2022/109 (19 ޖުލައި 2022) އާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓްރީ ކޮށްފައި ނުވާތީ އެއިޢުލާން ބާތިލް ކޮށް އަލުން މި މަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.
ވީމާ ތިރީގައި ދެންނެވިފައިވާ މުއްދަތުގައި މި މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރުމަށްފަހު ދެންނެވިފައިވާ ތާރީޚަށް ބިޑްހުށަޅައިދެއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ރަޖިސްޓްރޭޝަން މުއްދަތު |
07 އޯގަސްޓް 2022 އިން 16 އޯގަސްޓް 2022 |
8:30 – 13:00 |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުން |
25 އޯގަސްޓް 2022 |
13:30 (މެންދުރު) |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، ރަޖިސްޓްރީވުމަށް ދެންނެވިފައިވާ މުއްދަތުގައި މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގެ މަސައްކަތުގެ މައުލުމާތު ޝީޓް ރަޖިސްޓްރޭޝަން މުއްދަތު ހަމަވުމުން، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.