ދިވެހިރާއްޖެ
"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް އަންގައިދިނުމަށް ބުކްލެޓެއް ޕްރިންޓުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)471-CDS3/1/2022/77 އިޢުލާނުގައި ބުކްލެޓް ޕްރިންޓުކުރުމަށް ބޭނުންވާ ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ މިކަން އިސްލާޙުކޮށް އަލުން އިޢުލާންކުރީމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 09 އޮގަސްޓް 2022 ވާ އަންގާރަދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުޅުވާ ތާރީޙުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.