ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި މަޤާމަށް ކުރިން ކުރެވުނު އިޢުލާނު ނަންބަރު: 32/2014/I/HR-170 ގެ ޝަރުޠު އިޞްލާޙު ކުރުމަށް ބާޠިލު ކުރުމަށް ފަހު އެ މަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރައާއި ޢިނާޔަތްތައް:

  1. މުސާރަ: މަހަކު -/4465 ރުފިޔާ
  2. ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
  3. އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުގެ މަތީން ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ

މަސައްކަތް ހަމަޖެހިފައިވާ ތަން:

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ/ މާލެ

ސެކްޝަން/ ޔުނިޓް

އިދާރީ ސެކްޝަން: ފައިނޭނސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ކުއްލިއްޔާގެ އަހަރީ ބަޖެޓުން އެ އަހަރަކަށް ކަޑައެޅިފައިވާ ޚަރަދުކުރުމުގެ ކޯޑުތަކުން، ދިވެހިރާއްޖޭގެ  މާލީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޚަރަދުކުރެވޭނެ ގޮތުގެ މަޢުލޫމާތު ކުއްލިއްޔާގެ ސީނިއަރ މެނޭޖްމަންޓަށް ދިނުމުގެ މަސައްކަތްކުރުން.

2. ބަޖެޓް މެނޭޖް ކުރުމާއި ބަޖެޓް ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން .

3. ކޮންމެ އަހަރެއްގެ ބަޖެޓް ތައްޔާރު ކުރުން.

4. ކުއްލިއްޔާއަށް އާމްދަނީގެ ގޮތުގައިލިބޭ ފައިސާ ބަލައިގަތުމާއި ޖަމާކޮށް ބެލެހެއްޓުން (ދަރިވަރުންގެ ފީ، ހޯލްގެ ކުލި، އެހެނިހެން ގޮތްގޮތުން ނެގޭ ފީތައް)

5. ބަޖެޓާބެހޭ ރިޕޯޓުތައް ތައްޔާރުކޮށް ގަވާއިދުން ފޮނުވަންޖެހޭ  ތަންތަނަށް ފޮނުވުން.

6. ބަޖެޓާ ބެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ގަވާއިދާ އެއްގޮތަށް ކޮށް ނިންމުން. 

7. ފައިސާއާ ބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން.

8. ކުއްލިއްޔާގެ މަސައްކަތުގެ ތެރެއިން ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތް ކުރުން

9. ހަވާލުކުރޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1. ހިސާބާއި އެކައުންޓްސް އަށް ރަނގަޅުވުން.

2. ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، އިންޓަވިއު، ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު، ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ކުއްލިއްޔާގެ އިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ދޫކުރެވޭ ނަމޫނާއާ އެއްގޮތަށް.

ވަޒީފާއަށް އެދޭ ފޯމު ފޮނުއްވަންވީ ތާރީޚު:

22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާ އަށް

އިންޓަވިއު އޮންނަ ތަން:

ކުއްލިއްޔާގެ މީޓިންގ ރޫމް ގައެވެ.

އިންޓަރވިއުބޭއްވޭނެ މުއްދަތު:

26 ނޮވެންބަރު 2014 އިން 30 ނޮވެންބަރު 2014 އަށް

ޝޯޓްލިސްޓު ކުރުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 ފަރާތަށްވުރެ އިތުރުވާ ކަމުގައިވަނީނަމަ، ތަޢުލީމާއި ތަމްރީނު އަދި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެކަނި ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

ސާފުކުރެއްވުމަށް ކުއްލިއްޔާގެ ނަންބަރު 3321295 އަށް ގުޅުއްވުން އެދެމެވެ.

19 ޛުލްޙިއްޖާ   1435

13 އޮކްޓޫބަރު 2014
ހޯދާ