ދިވެހިރާއްޖެ
މަޤާމް :އެސިސްޓަންޓް ޓެކްސް އޮފިސަރ، އޮޑިޓް (އޮފިސަރ، AO1) | |
---|---|
ބޭނުންވާ އަދަދު :3 | |
މަޤާމް :އެސޯސިއޭޓް ސަޕޯޓް އިންޖިނިއަރ – ގްރޭޑް 1 (އޮފިސަރ، AO1) | |
---|---|
ބޭނުންވާ އަދަދު :1 | |
މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.
މަގާމު: |
އެސިސްޓަންޓް ޓެކްސް އޮފިސަރ، އޮޑިޓް (އޮފިސަރ، AO1) |
އަދަދު: |
3 |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އޮޑިޓް ޑިޕާޓްމަންޓް |
އަސާސީ މުސާރަ: |
މަހަކު 4,000/- ރުފިޔާ |
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 3,875/- ރުފިޔާ ލިވިންގ އެލަވަންސް: މަހަކު 2,325/- ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް110/- ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 50/- ރުފިޔާގެ ރޭޓުން |
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ޓެކްސް ދައްކަންޖެހޭ އެންމެހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައެޅުން |
ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) |
|
މަގާމު: |
އެސޯސިއޭޓް ސަޕޯޓް އިންޖިނިއަރ – ގްރޭޑް 1 (އޮފިސަރ، AO1) |
އަދަދު: |
1 |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އެންޓަރޕްރައިސް ސިސްޓަމްސް ޑިޕާޓްމަންޓް / އެންޓަރޕްރައިސް ސަޕޯޓް ސެކްޝަން |
އަސާސީ މުސާރަ: |
މަހަކު 4,000/- ރުފިޔާ |
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 3,875/- ރުފިޔާ ލިވިންގ އެލަވަންސް: މަހަކު 2,325/- ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް110/- ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 50/- ރުފިޔާގެ ރޭޓުން |
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މުވައްޒަފުންނަށް ލޮޖިކަލް/ފިޒިކަލް އެކްސެސް ދިނުމާއި އެކްސެސްތައް މެނޭޖްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކަށް އައި.ޓީ ސަޕޯޓް ފޯރުކޮށްދިނުމާއި، އައި.ޓީ.އާ ގުޅުންހުރި ޓްރޭނިންތައް ހިންގުމާއި، އެހެނިހެން އިދާރާތަކާއި މިރާއާ ގުޅުވައިދޭ އައި.ޓީ ސިސްޓަމްތަކުގެ ސަޕޯޓް ފޯރުކޮށްދިނުމާއި، އައި.ޓީ ސިސްޓަމްތަކުގެ ޔޫޒަރ ގައިޑުހެދުން. |
ޝަރުޠު: - އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ، - އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން. |
އެހެނިހެން ޝަރުތުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓް:
- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 އޮގަސްޓު 2022 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ހޮޓްލައިން: 1415
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.